big_fA6lrKHsnRPqfImTvHdaB34w8-pvonv0awqu7d2p5x3g9qhfmku3lwn01v25n4oox7d4

12 ދަޅުގެ 'ގިތެޔޮމިރުސް މަސްކޭސް' މިފްކޯއިން ހެޔޮއަގުގައި

މިފްކޯގެ "ހޮޓް ފެކް"ގެ ޑިމާންޑާއެކު އެ ކުންފުނިން ބާޒާރަށް ނެރެފައިވާ 12 ދަޅުގެ 'ގިތެޔޮމިރުސް މަސްކޭސް' މިފްކޯ މަސްފިހާރައިން 234 ރުފިޔާއަށް ވިއްކާކަމަށް މިފްކޯއިން ބުނެފިއެވެ.

"ގިތެޔޮމިރުސް މަސްދަޅު" ނުވަތަ "ޓޫނާ ޗަންކްސް ވިތު ހޮޓް ޗިލީ" އަކީ ދިވެހިންގެ ރަހަތަކާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ މަސްދަޅެކެވެ. މަޝްހޫރު ކަނޑޫދޫ ކުޅި މިރުސް ބޭނުންކޮށްގެން ފެލިވަރު މަސް ކާރުޚާނާގައި ތައްޔާރުކުރާ މި މަސްދަޅަކީ ކުޅި ރަހަތަކަށް ހާއްސަކޮށްގެން މިފްކޯއިން ނެރެފައިވާ "ހޮޓް ޕެކް"ގެ އަސޭމިރުހާއި ހިކި މިރުސް މަސްދަޅުތަކަށް ލިބުނު ތަރުހީބާއެކު ބާޒާރަށް އަލަށް ނެރުނު އުފެއްދުމެކެވެ.

މިއީ ސެލެޑާއި ނޫޑްލިސް އާއި ޕާސްތާ ފަދަ ތަކެތި ތައްޔަރު ކުރުމަށް ވަރަށް ކަމުދާނެ މަސްދަޅެއް ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މި ބާވަތުގެ މަސްދަޅުގެ އިތުރުން، ސްމޯކްޑު ޓޫނާ ނުވަތަ ދިލަޖެއްސިމަސް ދަޅުގައި ބަންދުކޮށް ބާޒާރަށް ނެރުމަށް އެކަމާއި ގުޅޭ ޓެސްޓުތައް ހަދަމުންދާ ކަމަށް މިފްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ.

މިފްކޯއިން ދަނީ ރިސޯޓާއި ހޮޓާތަކަށް ހާއްސަ އުފެއްދުންތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބާޒާރަށް ހާއްސަކޮށްގެންވެސް މަހުގެ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އައްޗޭސް މާއަގުބޮޑު...ތަންކޮޅެއް އަގު ދައްކޮއްލަބައި މަދެއްނުވާނެއޭ ތިޔަކުންފުންޏަކައް.. އަަހަރެން އަގަކީ 12ރ އާއި 15ރ އޭރުންވެސް 70% ފައިދާވޭ...