މަސްވެރިކަމާއި ގުޅޭ

FhBo30yaAAAscEm

މަސްވެރިކަމުގައި އުޅުނު މަސްވެރިއެއްގެ މެޔަށް ތަދެއް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަމުގައި އުޅުނު މަސްވެރިއެއްގެ މެޔަށް ތަދެއް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި އޮތް ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
ހާލުބޮޑުވެފައި ވަނީ، ބ. ތުޅާދޫގެ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ސަވޭރާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 33 އަހަރުގެ ފިރިހެނަކަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 10:39 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މެޔަށް ތަދެއް އަރަގެން ހާލު ބޮޑުވި މަސްވެރިޔާ އެމްބިއުލާންސްއަށް އަރުވަނީ -- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކުރާފްޓްގައި މި މީހާ ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައި ވަނީ މެޔަށް ތަދެއް އެރުމާ ގުޅިގެން "ސަވޭރާ" ދޯނިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމަށް އެދުމާ ގުޅިގެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!