312200043_663111565175662_1560077453990951904_n

ރާއްޖޭގައި ބާނާ ކަންނެލީގައިވެސް މި ނިޝާން ހުރޭ: މަސްވެރިން

އޮސްޓްރޭލިއާގެ ކަނޑުގެ ސަރަހައްދުން، މިދިޔަމަހުގެ 29ވަނަ ދުވަހު ބާނާފައިވާ ރީނދޫ އުރަހަ ކަންނެއްޔެއްގެ ބަނޑާ ދިމާލުގެ ހަނގަޑުގައި ވައްކޮށް ހުރި ނިޝާންތަކެއް ހުރިކަމުގެ ހަބަރުތަކާއެކު، ރާއްޖޭގައި ބާނާ ކަންނެލީގައިވެސް މި ނިޝާން ހުންނަ ކަމަށް މަސްވެރިން ބުނަން ފަށައިފިއެވެ.

އޮސްޓްރޭލިޔާގައި މިފަދަ ކަންނެއްޔެއް ބާނާފައި ވަނީ، ޕްރޮފެޝަނަލް މަސްވެރިއެއް އަދި ޓުއަރ ގައިޑެއްކަމަށްވާ ޖޭސަން މޮއިސް ނުވަތަ ސޯޝަލް މީޑިއާގައި މަޝްހޫރު ނަމުން ނަމަ ޓްރެޕްމަން ބަރމަގުއި އެވެ.

އޮސްޓްރޭލިއާގައި ބޭނި ކަންނެއްޏެއްގެ ބަނޑުގައި ތަފާތު ނިޝާންތަކެއް

ޖޭސަން ބުނެފައިވާގޮތުގައި ކަންނެލީގައި ހުރި ނިޝާންތަކަކީ ކުކީ ކަޓާ ޝާކެއް ދީފައިވާ ހަމަލާތަކެކެވެ.

ފޭސްބުކްގައި އޭނާ ހިއްސާކޮށްފައިވާ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން 159 އަށްވުރެ ގިނަ މީހުން ވަނީ މި ޕޯސްޓަށް ކޮމެންޓު ކޮށްފައެވެ.

އޮސްޓްރޭލިޔާގެ މީހަކު، ތަފާތު ވައްތަރެއްގެ ކަންނެއްޔެއް ބޭނި ހަބަރާއެކު، ދިވެހި މަސްވެރިން ބުނީ، ރާއްޖޭގައި ބާނާ މަހުންވެސް މި ނިޝާން ފެންނަ ކަމަށާއި، އެއީ އާކަމެއް ނޫން ކަމަށެވެ.

"ތިއީ މަސްވެރިންނަށް ވަރަށް ބާ ކަމެއް" މަސްވެރިއަކު ބުންޏެވެ.

އެ ހަބަރަށް ކޮމެންޓް ކުރި ގިނަ ދިވެހި މަސްވެރިން ބުނެފައި ވަނީ، އެއީ އެމީހުންނަށް އާކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައިވެސް އެފަދައިން ހުންނަ މަސް ބޭނޭ ކަމަށާއި، އެވާހަކަވެސް ނޫހުގައި ޖެހުމަށް މަސްވެރިއަކު ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!