މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގައި 7 ކަމެއް ފުރިހަމަވާން ޖެހޭ

ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން - ފޮޓޯ: މަސްވެރިން އެމްވީ

އެކި ބާވަތުގެ މަސްވެރިކަމަށް ވަކި މެނޭޖްމަންޓް ޕްލޭނެއް ހަދައި، މުރާޖަޢާކުރަން ޖެހޭ ކަމަށާއި އަދި އެ މެނޭޖްމަންޓް ޕްލޭން ތަކުގައި ހަތް ކަމެއް ފުރިހަމަވާން ޖެހޭ ކަމަށް "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު"ގައި ބުނެއެވެ.

އެގޮތުން، އެ މަސްވެރިކަމެއްގައި އެވަގުތަކު މަސް ބާނަމުންދަނީ ކިހާ މިންވަރަކަށް ކަން ކޮންމެ މެނޭޖްމަންޓް ޕްލޭންއަކު ހިމަނަން ޖެހޭއިރު، އެ މަސްވެރިކަމެއް އަމާޒު ކުރެވިފައިވާ މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެންބާވަތުގެ މަސްތަކަކީ ކޮބައިކަން، ނުވަތަ އެ މަސްތަކާ ގުޅިފައިވާ، ނުވަތަ އެ މަސްތަކަށް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަންވެސް މެނޭޖްމަންޓް ޕްލޭންގައި ހިމަނަން ޖެހެއެވެ.
މީގެ އިތުރުން އެ ޕްލޭންގައި ހިމަނަން ޖެހޭ ކަންތަކުގެ ގޮތުގައި ގާނޫނުގައި ފާހަގަ ކޮށްފައި ވަނީ، މެނޭޖްމަންޓް ޕްލޭންއަކުން ހާސިލު ކުރަން ބޭނުންވާ އަމާޒު ތަކަކީ ކޮބައިކަމާއި އެ މަސްވެރިކަމެއް ބެލެހެއްޓުމަށާއި ތަރައްޤީ ކުރުމަށް އަޅަންޖެހޭ ފިޔަވަޅު ތަކަކީ ކޮބައިކަން ބަޔާން ކުރުމެވެ.
https://masverin.mv/15749/
އަދި ހަމައެޔާއެކު، އެ މަސްވެރިކަމަކަށް ލައިސަންސް ދިނުމާ ގުޅޭ ކަންކަން އިންތިޒާމު ކުރާނެގޮތްވެސް މެނޭޖްމަންޓް ޕްލޭންގައި ހިމަނަން ޖެހޭއިރު، އެ މަސްވެރިކަމެއްގެ ސަބަބުން އުޅަނދުތަކަށް މަސް ބޭނޭނެ މިންވަރަށް އެއްވެސް ޤައިދުތަކެއް އަންނަ ނަމަ، އެފަދަ ޤައިދުތަކަކީ ކޮބައިކަމާއި އަދި އެ މެނޭޖްމަންޓް ޕްލޭންގެ މުއްދަތަކީ ކޮބައިކަމާއި މުރާޖަޢާ ކުރެވޭނެ އުސޫލާއި އިސްލާހު ކުރެވޭނެ އުސޫލު ހިމަނަން ޖެހެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ