ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން
ކަނޑު ގަދަ ދުވަހެއްގައި ދޯންޏެއް ދަތުރު ކުރަނީ -- ފޮޓޯ/ ހަތާވީސް އޮންލައިން

ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް ޔެލޯ އެލަރޓް ނެރެފި

ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލަރޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދަށެވެ. އެލަރޓްގައި ވާގޮތުން، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރުން އެކަށީގެންވެއެވެ.

މެޓުން ވަނީ، މިރޭގެ ނިޔަލަށް، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަޔަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!