މަސްވެރިކަމާއި ގުޅޭ

މާންދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ދިވެހި މަސްވެރިން
މާންދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ދިވެހި މަސްވެރިން

މަސްވެރިންގެ މުޒާހަރާ މިއަދު މާ "ހޫނު"، ޑިމާންޑަކީ ލިބެންޖެހޭ 21 މިލިއަން ރުފިޔާ

މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހި، މަސްވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް މެދުރާއްޖެތެރޭގެ ކަނޑުމަހުގެ މަސްވެރިން އިއްޔެ ފެށި މުޒާހަރާ މިއަދުވެސް ކުރަން ފަށައިފިއެވެ.

އިއްޔެ ހެނދުނު 8:30 ގައި ލ. މާންދޫގައި ފެށި އެ މުޒާހަރާގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މުޒާހަރާގެ ބައިވެރިއަކު މިއަދު މި ނޫހަށް ބުނީ، އިއްޔެއަށްވުރެ މިއަދުގެ މުޒާހަރާ މާ "ހޫނު" ކަމަށެވެ. އަދި މިއަދު މުޒާހަރާގައި ބައިވެރިވަމުންދާ ދޯނިފަހަރުވެސް އިތުރުވަމުންދާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ، 'ހައްގު ނުލިބޭނަމަ' މުޒާހަރާ ނުހުއްޓާނެ ކަމަށެވެ.

"އެކޮޅަކުން ހިތްހަމަޖެހޭ ޖަވާބެއް ނުލިބޭ. އަޅުގަނޑުމެންނަށް ލިބިފަވާ ޖަވާބަކީ، އަޅުގަނޑުމެންނަކަށް ނެތޭ އަދިއެއް މި ފައިސާ، 21 މިލިއަން ރުފިޔާ ދެވޭކަށެއް. ދެން ހަމަ ކުރިއެގޭވެސް އެއްގޮތަށް، 21 ދުވަހުން، އެކަހަލަ ގޮތަކަށް ހަމަޖެއްސިދާނެޔޭ،" މުޒާހާރާގައި ހަރަކާތްތެރި ވަމުންދާ މަސްވެރިޔާ ބުންޏެވެ.

ނަމަވެސް، 21 ދުވަސްތެރޭގަ ފައިސާ ދޭގޮތަށް އެއްވެސް އެގްރިމެންޓެއް އެއްވެސް ދޯންޏެއްގައެއް ނެތް ކަމަށް މަސްވެރިޔާ ބުނެއެވެ. އަދި ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވެގެންދާކަމަށް މަސްވެރިޔާ ފާހަގަ ކުރިއެވެ.

މުޒާހަރާ އާއި އެކު މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް

"އަޅުގަނޑުމެން އެބައޮތް އެތައް ބައިވަރު ތަނަކަށް ޑީސަލަށް، އައިހަށް ދަރާފަ. ކްރެޑިޓްވެފަ އެބައޮތް، އެ މީސްމީހުން އަތުން ޑީސަލް ނަގައިގެން. މިއަދަކު ނެތް އަޅުގަނޑުމެންނަށް ޑީސަލް ދޭނެ ބަޔަކު. މަހަށް ފުރޭނެ ގޮތެއް ނެތް. އެހެންވީމަ މި ހާލަތަށް އައީމަ އަޅުގަނޑުމެން ސުލްހަވެރިކަމާއެކު މުޒާހަރާއެއް ފެށީ، މުޒާހަރާ ފެށީމަ މިތަނުން މިއޮތީ ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑުމެން މިތާ ރީއްޗަށް ތިއްބާ [ފުލުހުން]ޕޭޕަ ސްޕްރޭ ޖަހާ، އަނެއްހެން ބުނަންޏާ ގަޔަށް ބޮލަށް އަރާ، މި ހާލަތަށް ގޮސްގެން މީތި މިހާރު ހޫނުވެފަ މިއޮތީ،" މަސްވެރިޔާ ބުންޏެވެ.

މީގެ އިތުރުން މަސްވެރިޔާ ބުނި ގޮތުގައި، އެކި ދޯނިތަކަށް ލިބެންޖެހޭ 21 މިލިއަން ރުފިޔާ ނުލިބި ވާކަމަށް އިއްޔެ ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެހެންކަމުން މަސްވެރިން ޑިމާންޑު ކުރަނީ އެ ފައިސާ ދިނުމަށާއި، ކޮންމެ ބިލަކަށް ފައިސާ ދިނުމަށެވެ.

"ފުރަތަމަ މަސް ކިރާ ބިލުން ފެށިގެން 30 ދުވަސް ވާއިރުގަ އަޅުގަނޑުމެންނަށް ފައިސާ ދޭށޭ، އެ 30 ދުވަސްތެރޭގަ ކިރާފަ ހުރި ހުރިހާ ފައިސާއެއް އެއްފަހަރާ. ވަރަށް ލުއި ގޮތްތަކެއް އަޅުގަނޑުމެން އެމީހުންނަށް މި ހުށަހަޅަނީ. އަޅުގަނޑުމެން މަސް ކިރާފަ، ކިރާ ފުރަތަމަ ބިލަށް 1 މަސްދުވަސް ވާއިރުގަ، އެ ދޭތެރޭގަ ކިރާފަހުރި ހުރިހާ ބިލެއްގެ ފައިސާ އަޅުގަނޑުމެންނަށް ދޭށޭ. އޭރުންނޭ އަޅުގަނޑުމެންނަށް މީގެން މަންފާއެއް އޮތީ،" މަސްވެރިޔާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސްވެރިން އަތުން މަހަ ނުގަންނާން ތިބޫ މަހަ ކިރާފަ އެދޮހާން އެދޮހާއަށް ލާރި ދެވޭންނެތޫމަ. ހަމަތެއް މަސްވެރިން އާދޭސް ކެރޫ ދިގަ މުއްދަތަކު ތެރޭ ލާރިދޭން ވިޔަސް މަހަކޮޅަ ކިރާލަދޭށޭ ކޫއްޑޫ އަށް މަހަ ކިރާންދާން ދައްޗޭ
    އަނގަ ބަހުން އެއްބަސް ވިޔަސް އެއްބަސްވުމެއް ވާނޫ އެއްބަސް ވުމަކަށް.. މަހަ ކިރަންތާ 21 ދޮހާތެރޭ ދެންގޮތަށް ކުންފުންޔާ މަސްވެރިން އާ ދޭތެރޭ އެެއްބަސް ވުމެއްއޮތް
    މިހާރު އެއްވެސް އެއްބަސްވުމެއްނެތޭ ކިޔާ މާންދޫ މީހުން މަސްވެރިންނައް އިހުތިރާމެއް ނުކެރެއޭ ހަދަނޫ ހަދާންގޮތެކޭ ކިޔަމުން މާންދުގެ އަގަ ވައްޓާލާން ސިޔާސީ ފައިދަ އެއް ނަގާން މަސައްކަތް ތެއްކެރަނޫ
    ޟުލްހަވެރިކޮށް ކެރީ މުޒާހަރާ ތެރޭ އޮފީސް ދޮރަވައްޓާލާ ބިދޭސި މުވައްޒަފުންއަށް ބިރަ ދްއަކާ މަހަ ސާފުކެރަން ކޭނެރީ ކުދޫން ތެކަށް ބިރަދައްކާ ޖިންސީ ފުރައްސާރަކޮށް މަސްވެރިންގެ ހައްގު ހޯދާންށޭ ކިޔާފަ
    މަސްވެރިންގެ ހައްގު ހޯދާން ނުކުމެ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ގެ މުވައްޒަފުނަގެ ހައްގުތެއް ނިއެޅާގެންފި އެކަމު އެވަރުންވެސް މުވައްޒަފުން ކުއްވެރިމިވަނޫ ވަޒީފާގެ ބަޔާނާ އެެއްގޮތައް ވަޒީފާއަށް ހާޒިރުވޫމަ.

Comments are closed.