ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ ވަރުގަދަކޮށް، މަސްވެރިންގެ އަނބިދަރިންވެސް މުޒާހަރާގައި ބައިވެރިވާން ފަށައިފިއެވެ.
މާންދޫގައި މަސްވެރިން މުޒާހަރާ ކުރަނީ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހި، ލިބެންޖެހޭ ފައިސާ ނުދޭކަމަށް ބުނަމުންނެވެ.
މަސްވެރިންގެ މުޒާހަރާ މިއަދު މާ "ހޫނު"، ޑިމާންޑަކީ ލިބެންޖެހޭ 21 މިލިއަން ރުފިޔާ
މުޒާހަރާގައި ބައިވެރިވާ މަސްވެރިއެއް ކަމަށްވާ އާދަމް ފާރިޝް މި ނޫހަށް ބުނީ، މަސްވެރިންގެ އަނބިދަރިންވެސް މުޒާހަރާގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ.
މަސްވެރިންގެ އަނބިން މުޒާހަރާއަށް ދިޔައީ، އެއްގަމު މަގުން، ލ. ގަމުންނެވެ.
ފާރިޝް ބުނީ، މާންދޫގެ މެނޭޖްމަންޓާ ވާހަކަދެއްވި ނަމަވެސް އެއްވެސް އަލިމަގެއް ނުފެންނަ ކަމަށެވެ. އެހެންކަމަށް ވާނަމަ، މުޒާހަރާ ނުހުއްޓާ ކުރިއަށް ގެންދާނެ ކަމަށެވެ.
"ވަރަށް ގިނަ ވާހަކަ ދެކެވިއްޖެ، އެކަމަކު އަދިވެސް ހަމަ އެއްގޮތެއްވެސް ނުވޭ. ލާރި ނުދޭން ދޯ އެ ހިފަހައްޓަނީ. ދެން މަސްވެރިންވެސް މިތަނުން ދާ ގޮތަކަށެއް ނޫން ތިބީކީއެއް،" ފާރިޝް ބުންޏެވެ.
މުޒާހަރާއާ ގުޅިގެން، އިއްޔެއިން ފެށިގެން މާންދޫގެ އޮޕަރޭޝަން ވަނީ ހުއްޓާލާފައި ކަމަށްވެސް ފާރިޝް ބުންޏެވެ.
2 Responses
ފުލުހުން ވަދެ އަނިޔާކުރުން ބަލައެއް ނުގަނެވޭ . ބަޔަކުމީހުން އެމީހުންގެ ހައްގުހޯދަން ސުލްހަވެރިކަމާއެކު އެއްވުމުން ފުލުން ވެސް ބަލަންޖެހޭނީ އެފަރާތްތަކުން ގެއްލިފައަވާ ހައްގުތައް އަވަހަށް ހޯދައިދީ އެއްވުން ނިމުމަކަށް ވީއެންމެ އަވަހަކަށް ގެނައުމަށް . އޭގެ ބަދަލުގައި އެއްވެތިބި މީހުންގެ ތެރެއަށް ވަދެގަނެ ބާރުގެ ބޭނުންކުރުމަކީ ރަނގަޅު ގޮތުގައި ތިބި ރައްޔިތުންތަކެއް އަދަވަޅަކަށް ވައްޓާލުން . ހައްގުލިބެންދެން ހައްގު ހޯދަން މަސައްކަތް ކުރަންވާނެ .
ސުލްހަވެރިކޮށް ކުރި މުޒާހަރާއެއް ނަމަ ބާރުގެ ބޭނުމެއް ނުކުރާނެ
މުވައްޒަފުން އަށް ބިރު ދައްކާ ޖިންސީ ފުރައްސާރަކޮށް މުދަލަށް ގެއްލުން ދިނުމުން އެނުވާނެ ސުލްހަވެރި މުޒާހަރާއަކަށް އެވާނީ ޓެރެރިޒަމް އަށް