ކޮމަންޑޫ ކަނދުފަތި -- ފޮޓޯ/ ފިޝަރިޒް މިނިސްޓްރީ
ކޮމަންޑޫ ކަނދުފަތި -- ފޮޓޯ/ ފިޝަރިޒް މިނިސްޓްރީ

ކަނޑައިގެން ގޮސްފައިވާ ކޮމަންޑޫ ކަނދުފަތި އަލުން ހަރުކޮށްފި

ށ. ކޮމަންޑޫގެ ބޭރުގައި ކަނޑައިގެން ގޮސްފައިވާ މަސް ކަނދުފަތި އަލުން ހަރުކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ބޭރުގައި ހަރުކޮށްފައިވާ ކަނދުފަތި އިއްޔެ ހަރުކޮށްފައިވާ ކަމަށެވެ.

މި ކަނދުފަތި ހަރުކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ގާއިމު ކުރުމަކީ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، ކަނޑައިގެން ގޮަސްފައިވާ 10 ކަނދުފަތި އެޅުމުގެ މަސައްކަތް، ސެޕްޓެމްބަހު މަހު ފަށާނެ ކަމަށް، އޯގަސްޓް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

އެޔާއެކު، ކަނދުފަތިތައް އަލުން ގާއިމު ކުރުމުގެ މަސައްކަތް ފެށި، ބާރު މިނެއްގައި ކުރިއަށް އެބަ ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!