ރައްޔިތުންގެ މަޖިލސް -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލސް -- ފޮޓޯ/ މަޖިލިސް

މަސްވެރިންނަށް ލިބެންޖެހޭ 21 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފި

ހޮރައިޒަން ފިޝަރީޒްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ދިނުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކޮށް، އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލާ، ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.

މައްސަލައާމެދު މަޖިލީހުގައި ބަހުސް ކުރުމަށް މެމްބަރުންގެ ވޯޓަކަށް އެހުމާއެކު، ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ އަގުލަބިއްޔަތުން، އެ މައްސަލައާމެދު މަޖިލީހުގައި ބަހުސް ކުރުމަށް ވަނީ ފާސްވެފައެވެ.

މަސްވެރިންނަށް ލިބެންޖެހޭ 21 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި މަޖިލީހަށް ކުއްލި މައްސަލައެއް

ވިސާމް ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ވަނީ މާންދޫ އަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނަށް ވަރަށް މުހިންމު ތަނަކަށް ވާއިރު، މިހާތަނަށް ވެސް އެކަމަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ބާނާ މަސް ނުކިރުމުގެ މައްސަލައާއި މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަ ޖެހި މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށެވެ.

މިވަގުތު ވެސް މާންދޫގައި 26 ދޯނިން އިހުތިޖާޖު ކުރަމުންދާއިރު، ހޮރައިޒަންއިން މަސްވެރިންނަށް ދޭން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 21 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި މަސްވެރިކަން ހުއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!