މަސްވެރިކަމާއި ގުޅޭ

tra-fish-exports-to-eu-see-a-sharp-fall-due-to-covid-19-40-.4693

މަސް އެކްސްޕޯޓްކޮށް ލިބޭ ފައިދާ އިތުރުކުރުމަށް ވިއެޓްނާމުން މަސައްކަތް ފަށައިފި

މަސް އެކްސްޕޯޓްކޮށް ލިބޭ ފައިދާ އިތުރުކުރުމަށް ވިއެޓްނާމުން މަސައްކަތް ފަށައިފިއެވެ.

މަސް އެކްސްޕޯޓުކުރުމަކީ ވިއެޓްނާމުގެ އިޤްތިސާދަށް ޑޮލަރު ވެއްދުމުގައި ބޮޑު ބައެއް ހިއްސާ ކުރާ ކަމެކެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ވިއެޓްނާމުން މަސް އެކްސްޕޯޓުކުރާ މިންވަރު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

މިކަން ބަދަލުކުރުމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ވިއެޓްނާމްގެ އެގްރިކަލްޗަރ މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ޓްރަން ޑިން ލުއާން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއާ އަލުން ކުރިއަރުވާ އާލާކުރުމަށާއި، އެކްސްޕޯޓު 9 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް މަސައްކަތްތައް ކުރަން ފަށާފައިވާކަމަށެވެ.

ވިއެޓްނާމުގެ ސަރުކާރުން ވަނީ މަސްވެރިކަން އިތުރުކުރުމާއި، މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުން އިތުރުކުރުމަށް އެޤައުމުގެ އެކި ޕްރޮވިންސްތަކަށް އެދިފައެވެ. އަދި މިމައްސަކަަތުގައި ސަރުކާރުން އެއްބާރުލުންދީ، ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ. މިގޮތުން އިންސާނީ ވަސީލަތް ބިނާކުރުމަށާއި، އެހެނިހެން ވަސީލަތްތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި މަސް އެކްސްޕޯޓުކުރުމުގައި ޔޫރަޕްގެ އިއްތިހާދާއި، ދުނިޔޭގެ އެހެން ސަރަހައްދުތަކާއި ޤައުމުތަކުން ކަޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ ގޮތައް އަމަލުކުރުމަށް ވިއެޓްނާމުގެ މަސްވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ބާރު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ވިއެޓްނާމުން ދަނީ އޮންލައިންކޮށްވެސް މަސް އެކްސްޕޯޓުކުރުމުގައި އެކި ބާވަތްތައް އިޝްތިހާރުކޮށް، ބޭރުގެ ފަރާތްތަކަށް ވިއްކުމަށް މަސައްކަތްތައް ކުރަމުންނެވެ.

މިދިޔަ އަހަރު އެކަނިވެސް ވިއެޓްނާމުން ވަނީ 8.6 ބިލިއަން ޑޮލަރުގެ މަހާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކޮށްފައެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރުގެ ފުރަތަމަ ހަމަހު ވިއެޓްނާމުގެ މަސް އެކްސްޕޯޓު ވަނީ 5.3 އިންސައްތަ ދަށަށް ގޮސްފައެވެ.

ވިިއެޓްނާމުގެ އަމާޒަކީ މިއަހަރު އެޤައުމުން މަސް އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ 41 ބިލިއަން ޑޮލަރަށްވުރެ މަތިކުރުމަށެވެ. މިދިޔަ އަހަރު ވިއެޓްނާމުން މަސް އެކްސްޕޯޓުކޮށްގެން ވަނީ 40 ބިލިއަން ޑޮލަަރު ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!