ދެހާސް ތޭވީހުގައި އުފެދިގެންދާ، އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަސްވެރިން ބާނާ މަސްކޮޅަށް ފައިސާ ދޭނެ ކަމަށާއި 'ބޯކޮށް' އައިސްވެސް ލިބޭނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މާންދޫ ފިޝަރީޒްއާމެދު ހިތްހަމަ ނުޖެހި، މަސްވެރިން ކުރަމުންދާ މުޒާހަރާއަށް އަލިއަޅުވާލައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމެއްގައި، ފިޝަރީޒް މިނިސްޓަރު މަސްވެރިންނާއެކު ބިޒީވާނެ ކަމަށާއި، މަސްވެރިންނަށް ފިލައިގެން މިނިސްޓަރަށް ނޫޅެވޭނެ ކަމަށެވެ.
މާތްاللهގެ ވާގިފުޅާއެކު 2023 ގައި އުފެދިގެންދާ ރައީސް @prz_ymn ގެ ވެރިކަމުގައި މަސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ނުޖަހާނެ.ރައީސް ޔާމީންގެ ފިޝަރީޒް މިނިސްޓަރު މަސްވެރިންނާއެކު ބިޒީވާނެ.މަސްވެރިންނަށް ފިލައިގެން މިނިސްޓަރަށް ނޫޅެވޭނެ.ބާނާ މަސްކޮޅަށް ފައިސާ ދޭނެ.އައިސް ބޯކޮށް ލިބޭނެ. pic.twitter.com/TpnjbBzV3f
— Ibrahim Shujau (@IbrahimShujaau) November 13, 2022
މަސްވެރިންގެ މުޒާހަރާގައި ޕެޕަސްޕްރޭ ބޭނުންކުރި ފޮޓޯއެއް އާއްމު ކުރަމުން ޝުޖާއު ވިދާޅުވީ، އެ ފޮޓޯ ފެނި، ފުން އަސަރު ކުރެއްވި ކަމަށެވެ. އަދި މަސްވެރިންގެ އިހުސާސްތައް ދަންނަ ކަމަށެވެ.
ޝުޖާއު ވަނީ، ރައީސް ޔާމީނުއަށް ވެރިކަން ހަވާލު ކުރުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.