މަސްވެރިކަމާއި ގުޅޭ

ސިޔާދު ގާސިމް --ފޮޓޯ: މިހާރު
ސިޔާދު ގާސިމް --ފޮޓޯ: މިހާރު

ސިޔާދު ގާސިމް މަސްވެރިންނާ ބައްދަލުކޮށް، މަސްވެރިންގެ ފައިސާދީ ޚަލާސްކުރާނެ ކަމަށް ބުނެފި

މާންދޫ ފިޝަރީޒްއަށް މަސް ކިރުމަށްފަހު، ފައިސާ ނުލިބި ގިނަދުވަސްތަކެއްވެ، މަސްވެރިން މުޒާހަރާ ކުރާތާ ދެ ދުވަސްވީފަހުން، މުޒާހަރާގައި ބައިވެރިވި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ޚަލާސް ކުރުމަށް މާންދޫއިން އެއްބަސްވެއްޖެއެވެ.

މަސްވެރިން މުޒާހަރާ ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 ގައި ލ. މާންދޫ ބަނދަރުގައެވެ.

މުޒާހަރާގައި ބައިވެރިވި މަސްވެރިއެއްކަމަށްވާ އާދަމް ފާރިޝް މި ނޫހަސް ބުނީ، މާންދޫ ފިޝަރީޒްގެ ފަރާތުން، ގާސިމް އިބްރާހިމްގެ ދެ ދަރިކަލުން، އިބްރާހިމް ސިޔާދު ގާސިމްއާއި މުހައްނަދު ގާސިމް ރޭ މަސްވެރިންނާ ބައްދަލުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ސިޔާދު ގާސިމްއަކީ ވިލާ ގްރޫޕުގެ ސީއީއޯއެވެ. އަދި މުހައްމަދު ގާސިމަކީ ހޮރައިޒަންގެ އެމްޑީއެވެ.

ސިޔާދު އެދިވަޑައިގަތީ، މާންދޫ އޮޕަރޭޝަނަށް ގެނައުމުގެ ފުރުސަތު ދިނުމަށް ކަމަށާއި، ނަމަވެސް ފައިސާ ނުލިބެނީސް މަސްވެރިން ނުފުރާނެ ކަމަށް ބުނުމުން، މިއަދު ފައިސާ ދައްކާ ޚަލާސް ކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ފާރިޝް ބުންޏެވެ.

"މިއަދު 6 ގެ ކުރިން ފައިސާއެއް ޖަމާކުރާނެ ކަމަށް ބުނެފަ އޮތީ،" ފާރިޝް ބުންޏެވެ.

މީގެ އިތުރުން ފާރިޝް ބުނި ގޮތުގައި، ފައިސާ ދޭން އެއްބަސްވެފައި ވަނީ މާންދޫގައި މުޒާހަރާ ކުރަމުންދާ ދޯނިތަކަށް އެކަންޏެވެ.

މަސްވެރިންގެ މުޒާހަރާ މިއަދު މާ "ހޫނު"، ޑިމާންޑަކީ ލިބެންޖެހޭ 21 މިލިއަން ރުފިޔާ

ފައިސާ ލިބޭނެ ކަމުގެ އަލިމަގެއް ފެނުމުން، މަސްވެރިން މިވަގުތު ތިިބީ މުޒާހަރާ މަޑުޖައްސާލައިގެންނެވެ. ނަމަވެސް މާންދޫ ދޫކޮށް ދާނީ ފައިސާ ލިބުމުން ކަމަށް މަސްވެރިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ދޭނަމޭ ބުނާ މޭ ވަރައް ނުބައިވާނެ ވެލާ މެޔައްވުރެ ކަޅުވާނެ މޭރު މެޔައްވުރެ ހިތިވާނެ. ވީމަ ތިބުނާ މޭ ލިބުނީމަ ނޫނީ ރަހަވެސް ނުބެލޭނެ. މޮޅު ވާހަކައެއް ނޫސްތަކައް އެރީމަ ބައެއް މީހުން ގަބޫލު ކުރާނެ ދީފިޔޭ. ވަގުތުން ފައިސާ ނުލިބެންޏާ މާންދޫ އަށް މަސްނުކިރަންވީ.

  2. ނަމއެއްގާ ކެކޭނެ ރިހައެއް ނޯންނާނެ، ނަހުލާ ބުނާ އޮގާތެރި ރައިއްޔަތުން ނުކައިތިބިއްޔާ ނުކައި ހުންނަވާ ފިރިކަލުން މިކުރެއްވީ ހަމަ ރައިއްޔަތުންނަށް ރަހުމާ އޯގާތެރި ކަމުގެ ވަރަށް ވެސްބޮޑު ހެއޮ އަމަލެއްތޯ؟ މިސަރުކާރުގާ ތިބީ ހިތުގެ ބަދަލުގާ މޭގާ ބޮޑު ހިލަގަނޑެއް އޮތް ބަެއްކަން މިހާރު ވަރަށް ސާފު، މިއޭ ރަނގަޅީ
    މިމައްކާރުންގެ ސަރުކާރުގާ މިތިބީ ރައްޔަތުންގެ ލޭބޮއިގެންޗއުޅޭދުރެކިއުލާތަކެއް ތޯއްޗެއް.ބުނާނެ ހަމަ އެކަކުވެސް ނެތް ސަހަލު މީހެއް މިސަރުކާރުގާ ނެތް..، ރަންލާރި ލިބިފާހުންނެވި ބޭފުޅާގެ ހާލަކީ، އަދި ކޮބާ ސަރުކާރަށް ދައްކަންޖެހޭ ޓެކުސްގެ ފައިސާތައް،

Comments are closed.