ފުށިފަރު ކައިރިން ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
ދިޔަވަމުން ދަނީ، މާލެއިން ފުރައިގެން ދާލުއަތޮޅަށް ދަތުރު ކުރަމުން ދިޔަ"ރެދަން" ނަމަކަށް ކިޔާ ދޯންޏެކެވެ. އެމްއެންޑީއެފްއިން ބުނީ، ދޯނި ދިޔަވާކަމުގެ މަޢުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ މިއަދު މެންދުރު 13:28 ހާއިރު ކަމަށެވެ.
"ރެދަން" ނަމަކަށް ކިޔާ ދޯންޏެއް، ވ.ފުުށިފަރު ކައިރިން ދިޔަވާކަމުގެ މަޢުލޫމާތު ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް މިއަދު 13:28 ހާއިރު ލިބިފައިވުމާއެކު، ކޯސްޓްގާޑުން ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދަތުރުކުރަމުން. pic.twitter.com/ZjQPtcU5Qa
— Maldives National Defence Force (@MNDF_Official) November 14, 2022
ކޯސްޓްގާޑުން މިހާރު ދަނީ އެ ދޯނި އޮތް ސަރަހައްދަށް ދަތުރުކުރަމުންނެވެ.