ތ.ގުރައިދޫ - ފޮޓޯ-ގުރައިދޫ މަސްވެރިންޕޭގު
ތ.ގުރައިދޫ - ފޮޓޯ-ގުރައިދޫ މަސްވެރިންޕޭގު

އާރްއެސްޑަބްލިޔު ސިސްޓަމް ހަރުކޮށްދޭ ޕްރޮގްރާމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މަސް ދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް (ވަތުގައި ފެން ފިނިކުރާ ނިޒާމު) ޤާއިމުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ސަރުކާރުގެ ނޫ އިޤްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމް ފަހިކޮށްދިނުމުގެ ގޮތުން އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަޤްސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ) އާއެކު ދިވެހި ސަރުކާރުން ވަނީ ޕްރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓަރ ( އާރްއެސްޑަބްލިޔު) ސިސްޓަމް ނުވަތަ ވަތުގައި ފެންފިިނިކުރާ ނިޒާމު ޤާއިމްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ފައިނޭންސިންގ ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ހުޅުވާލާ ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮޖެކްޓުގެ ދަށުން، ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 200 މަސްވެރި އުޅަނދުގައި މި ސިސްޓަމްތައް ހަރުކުރުމަށް ރާވާފައިވެއެވެ.

ފުރަތަަމަ ފިޔަވަހީގައި 100 މަސްވެރި އުޅަނދުގައި އާރުއެސްޑަބްލިޔު ސިސްޓަމާއި ސޯލާރ ޕަވަރ ސިސްޓަމް ހަރުކުރެވިގެން ދާނެއެވެ. މި ފިޔަވަހި ކުރިއަށް ދާނީ 2022 އަދި 2023ގައެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް

  • ރަޖިސްޓަރކޮށްފައިވާ އުޅަނދަކަށްވުން، މުއްދަތު ހަމަނުވާ ލައިސެންސެއް އޮތުން
  • މަސްވެރިކަމުގައި ބޭނުން ކުރާ އުޅަނދަކަށްވުން
  • 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުން އަދި މަދުވެގެން 15 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީ ހުރުން
  • އާރްއެސްޑަބްލިޔު ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 31ވަނަ ދުވަހުގެ 12:00 އެވެ. އަދި އޭގެ ކުރިންވެސް ލިބޭ އެޕްލިކޭޝަންތައް ވަޒަންކޮށް އެއުޅަނދެއްގައި ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!