މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް، ފޮޓޯ- ދިވެހި މަސްވެރިން
މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް، ފޮޓޯ- ދިވެހި މަސްވެރިން

މަސްކިރޭނެ މާހައުލެއް މިވަގުތު މާންދޫގައި ނެތުމުގެ ސަބަބުން މާދަމާ މަހެއް ނުކިރޭނެ: މާންދޫ

މަސްކިރޭނެ މާހައުލެއް މިވަގުތު މާންދޫގައި ނެތުމުގެ ސަބަބުން މާދަމާ މަސް ކިރެން ނެތްކަމަށް މާންދޫ ފިޝަރީސް ކޮމްޕްލެކްސްއިން ބުނެފިއެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގަމުންދާ މާންދޫ ފިޝަރީޒްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާދަމާ މާންދޫއަށް މަސް ކިރާނެތޯ ބެލުމަށް ބައެއް ދޯނިފަހަރު ގުޅަމުންދާ ކަމަށެވެ. ނަމަވެސް، މަސް ކިރޭނެފަދަ މާހައުލެއް ނެތުމުގެ ސަބަބުން، މާދަމާ މަސް ކިރެން ނެތް ކަމަށެވެ.

މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައީ، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުދޭކަމަށް ބުނެ، ހޮނިހިރު ދުވަހު ހެނދުނު، ލ އަތޮޅާއި ތ އަތޮޅުގެ މަސްވެރިން މާންދޫގައި މުޒާހަރާ ކުރަން ފެށުމުންނެވެ.

މުޒާހަރާ އާއި އެކު މާންދޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް

ނަމަވެސް، މާނދޫގެ ފަރާތުން މަސްވެރިންނާ މަޝްވަރާ ކޮށް، މިއަދު މަސްވެރިންގެ ފައިސާ ލިބޭނެ ކަމަށް ބުނުމުން މަސްވެރިން ވަނީ މުޒާހަރާ ހުއްޓާލާފައެވެ. އަދި މިއަދު ކެޔޮޅުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަން ފެށިި ނަމަވެސް، މަސްވެރިން މާންދޫން ފުރާނީ، ފައިސާ އެއްކޮށް ޖަމާވުމުން ކަމަށް މުޒާހަރާގައި ބައިވެރިވި މަސްވެރިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!