gg_2019-12-05_23-32-55

ފިލިޕީންސްއަށް 25،000 މެޓުރިކް ޓަނުގެ މަސް އެތެރެކުރުމުގެ ހުއްދަ ދެނީ

ފިލިޕީންސްއަށް 25،000 މެޓުރިކް ޓަނުގެ މަސް އެތެރެކުރުމުގެ ހުއްދަ އެ ޤައުމުގެ ސަރުކާރުން ދީފިއެވެ. ފިލިޕީންސް ސަރުކާރުން އެޤައުމަށް މަސް އެތެެރެކުރުމުގެ ހުއްދަ ދީފައި މިވަނީ މި ދުވަސްކޮޅު މަސްވެރިކަން ކުރުން މަނާކޮށްފައިވާތީއެވެ.

އެޤައުމަށް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ، ފްރޯޒަން ރައުންޑު ސްކޭޑު، ބިގްއައި ސްކޭޑު، މެކެރަލް، ބޮނީޓޯ އަދި މޫންފިޝް، މަސް މާރުކޭޓުގައި ވިއްކުމަށެވެ. އެޤައުމުގައި މަސްވެރިކަން މަނާކޮށްފައިވަނީ މި ނޮވެމްބަރުމަހުން ފެށިގެން ޖެނުއަރީމަހާ ހަމައަށެވެ.

ހުއްދަ ދީފައިވާ މަސްތަކުގެ އިމްޕޯޓު ކުލިއަރެންސްގެ މަސައްކަތްތައް އަންނަމަހުގެ 15ވަނަ ދުވަހުގެ ކުރިން ކުރަންޖެހެއެވެ. މަސް އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް އެޤައުމުގެ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މަސްވެރިކަމުގެ ސްޓޮކް ދެމެހެއްޓުމަށްޓަކައި ވަކި މޫސުންތަކެއްގައި ވަކި ބާވަތްތަކެއްގެ މަސް ބޭނުން، ބައެއް ޤައުމުތަކުގައި މަނާކުރެއެވެ. މިއާއެކު އެދެވޭ ނަތީޖާތަކެއް ފެންނަމުންދާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!