ދ އަތޮޅުގެ މަސްވެރިންނަަށް ލިބެންޖެހޭ ފައިސާވެސް އަވަހަށް ދިނުމަށް މީދޫ މަސްވެރިން ގޮވާލައިފި

ތ އަދި ލ އަތޮޅުގެ މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ މަސްވެރިން
ތ އަދި ލ އަތޮޅުގެ މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ މަސްވެރިން

ދ. އަތޮޅުގެ މަސްވެރިންނަަށް ލިބެންޖެހޭ ފައިސާވެސް އަވަހަށް ދިނުމަށް އެ އަތޮޅު މީދޫގެ މަސްވެރިން ގޮވާލައިފިއެވެ.

ތ އަދި ލ އަތޮޅުގެ ކަނޑުމަހުގެ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ދިނުމަށް، އެ ދެ އަތޮޅުގެ މަސްވެރިން ކުރި ތިން ދުވަހުގެ މުޒާހަރާއަށްފަހު، ހޮރައިޒަން ފިޝަރީޒްއިން ވަނީ އެ ދޯނިތަކަށް ދޭންޖެހޭ ފައިސާދީ ޚަލާސްކޮށްފައެވެ.

އެކަމާ ގުޅިގެން ދ. މީދޫ މަސްވެރިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތީ ސްކޫލު ޗުއްޓީ ދުވަސްވަރަށް ވާއިރު، ބޭސްފަރުވާއާއި އެހެނިހެން ކަންކަމަށް ފައިސާ ބޭނުންވާ ކަމަށެވެ. ނަމަވެސް ފައިސާ ނުލިބި ލަސްވަމުންދާތީ، މަސްވެރި އާއިލާތަކަށް އިންތިހާއަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ.

ކިރި މަހަށް ފައިސާ ނުލިބޭތީ މަސްވެރިން އުޅެނީ ވަރަށް ދަތިކަމެއްގައި ކަމަށް މީދޫ މަސްވެރިން ބުންޏެވެ.

ތ އަދި ލ އަތޮޅުގެ މަސްވެރިން ކުރި މުޒާހަރާގައި ބައިވެރިވި، ލ. ގަމު 'އެކުވެރި މަސްވެރިން' ޖަމިއްޔާގެ ރައީސް ހުސައިން ހަނީފް މި ނޫހަށް ބުނީ، މުޒާހަރާ ކުރި ދޯނިތަކަށް، ލިބެންޖެހޭ ޖުމްލަ 8.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ހަނީފް ބުނީ، މިއަދު ފައިސާ ދޫކުރީ މުޒާހަރާގައި ބައިވެރިވި ދޯނިތަކަށް ކަމަށާއި، ނަމަވެސް ހަފްތާއެއްގެ ތެރޭގައި އެހެން ދޯނިތަކަށްވެސް ފައިސާ ދޭނެކަމަށް ހޮރައިޒަންއިން ބުނެފައިވާ ކަމަށެވެ.

ލިބެންޖެހޭ ފައިސާ ޖަމާވުމުން، މުޒާހަރާއަށް ދިޔަ ދޯނިފަހަރު މާންދޫއިން ފުރައިފި

ހޮރައިޒަން ފިޝަރީޒްއިން މަސްވެރިންނަށް ދޭންޖެހޭ 21 މިލިއަން ރުފިޔާ ވާކަމަށް ލ. އަދި ތ. އަތޮޅުގެ މަސްވެރިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ