މަރުވެގެން ލެއްގި ބޮޑު މަހެއްގެ ބަނޑުތެރެއިން 150 ކިލޯގެ މަސްވެރިކަމުގެ އާލަތްތައް

dhhdhd

މަރުވެގެން ލެއްގި ބޮޑު މަހެއްގެ ބަނޑުތެރެއިން 150 ކިލޯގެ މަސްވެރިކަމަށް ބޭނުންކުރާ އާލަތްތައް ފެނިއްޖެއެވެ. މިއީ އެކި ގޮތްގޮތުން މޫދަށް ދޫވެފައި ހުރި މަސްވެރިކަމުގެ އާލާތްތައް ކަމަށް ޤަބޫލުކުރެވެއެވެ.

ކެނެޑާގެ ރަށެއްކަމަށްވާ ކޭޕް ބްރިޓަންއަށް މިދިޔަ ހަފްތާގެތެރޭގައި ލެއްގި މި ބޮޑުމަހުގެ ބަނޑުން ފެނިފައިވާ މަސްވެރިކަމުގެ އާލާތްތަކުގެތެރޭގައި، މަސް ބާނަން ބޭނުން ކުރާ ދާގަނޑުތަކާއި، ވާގަނޑުތަކާއި، އެން ހިފަން ބޭނުންކުރާ އާލަތްތަކާއި އަތަށް ލައްވާ އަންގިވެސް ފެނިފައިވެއެވެ.

ކެނެޑާގެ މެރިން އެނިމަލް ރެސްޕޮންސް ސޮސައިޓީއިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މޫދަށް ކުނި އެޅުމާއި، ގޯސްޓު ފިޝިންގ ގިއަރތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރި ނުރައްކާ މި ހާދިސާއިންވެސް ދައްކައިދޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ސާދަ މީޓަރުގެ އެ ބޮޑުމަސް، މި މަހުގެ ހަތަރު ވަނަ ދުވަހުވެސް އެހިސާބުގެ ކަނޑުގެ ސަރަޙައްދުން ފެނިފައިވެއެވެ. އޭރުވެސް އޭތީގެ ހަށިގަނޑުވަނީ އަނަރޫފަ ވެފައިކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކަނޑުތަކުން ކުނި ސާފުކޮށް، އޮޔާދާ މަސްވެރިކަމުގެ އާލަތްތައް މޫދުން ނެގުމަށް ކެނެޑާ ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މި މަސައްކަތަށް 27 މިލިއަން ޑޮލަރު ޙަރަދުކޮށްފައިވާއިރު، އިތުރު 28.4 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށްވަނީ އިއުލާނު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ