viber_image_2022-11-19_09-38-17-907

މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އައިސްޕްލާންޓްގެ މުއްޒަފުން ތަމްރީނު ކުރަނީ

މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އައިސްޕްލާންޓްގެ މުއްޒަފުން ތަމްރީނު ކުރުމުގެ  މަސައްކަތް ފެނަކައިން ފަށައިފިއެވެ.

އެގޮތުން ފެނަކައިން ސެޕްޓެމްބަރ 22 އިން ފެށިގެން އަލަށް ހަވާލުވި 14 އައިސް ޕްލާންޓްގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ގޮތުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ސެޓްފިކެޓް 3 އިން ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯސް ވަނީ ފަށާފައެވެ.

ޖުމްލަ 32 މުވައްޒަފުންނާއެކު މި ކޯސް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މިފްކޯއިން ހިންގި 13 އައިސްޕްލާންޓް ފެނަކައާއި ހަވާލުކޮށް، "ފެނަކަ އައިސް" އެޕްލިކޭޝަން އިފްތިތާހު ކޮށްފި

މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މިހާރަށް ވުރެއް ރަނގަޅު ކުރުން ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

އައިސް ޕްލާންޓްގައި ކުރިން ފެށިގެން މަސައްކަތް ކުރާ މުވައްޒަފުންނަށް، ރެފްރިޖެރޭޝަން ދާއިރާއިން އެއްވެސް ތަމްރީނެއް ލިބިފައި ނުވާކަން ފާހަގަކޮށް ފެނަކައިން ބުނީ، މި ދާއިރާގެ ޓެކްނިކަލް ބިންގަލެއް އެޅުމުގެ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 3 ގެ ކޯހެއް މި ދާއިރާއަށް އަމާޒުކޮށްފެން ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.

"މި ކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެގޮތާއި، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލް، ރެފްރިޖެރޭޝަންގެ ސައިސަލް، ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ފަދަ ކަންކަން ކިޔައިދީ އަމަލީގޮތުން އެމަސައްކަތްތައް ދަސްކޮށްދޭނެ. ކޮންމެ އައިސް ޕްލާންޓުން އެންމެ މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވިގެން މިދާ ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެ. އަދި ކުރިމަގުގައި އިތުރު ލެވެލްތަކުގެ ކޯސްތައްވެސް މިދާއިރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި" ފެނަކައިން މައުލޫމާތުދިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މަސްވެރިންނަށް ދޭން ބުނި އިޔާތްވެސް މިހާދެވިއްޖެ މަހަށް ހަމަ އަގުވެސް މިހާރު އެބަލިބޭ ލަދުގެ ކަންފުޅެއްވެސް ނެތީ މިބައިގަނޑުގެ