މަސްވެރިކަމާއި ގުޅޭ

މަސްދޯނި

އިންޑިޔާ ސިފައިން ދިވެހި މަސްވެރިއެއްގެ ކަނދުރާގައި މުގުރުން ޖަހައި ބިދޭސީއަކު ކަނޑަށް އެއްލާލި: ކެޔޮޅު

އޮޅިގެން އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަދެވުނު ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިޔާ ސިފައިން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ވިދާޅުވެފައި ވަނިކޮށް، އިންޑިޔާ ސިފައިން ކަންތައް ކުރިގޮށް މަހިބަދޫ ކަންނެލި ދޯނީގެ ކެޔޮޅު ހާމަކޮށްފިއެވެ.

މި ނޫހާ ވާހަކަ ދައްކަމުން ކެޔޮ ބުނީ، އިންޑިޔާގެ ކަނޑުގެ ސަރަހައްދަށް ވަދެވުނީ 'މިސްޓޭޓަކުން' ކަމަށާއި، އެއީ ކުށެއްކަން ގަބޫލުކުރާ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ހިނގާދިޔަ މި ހާދިސާ ހިއްސާކުރަމުން ކެޔޮޅު ބުނީ، އިންޑިޔާ ކަނޑުގެ ސަރަހައްދަށް ވަދެވުނީ ކަންނެލި އައިނެއްގައި ޖެހިތިބެ، ނޭނގުމުގެ ތެރޭގައި ކަމަށެވެ.

ޖުމުލަ 16 މީހުން ހަރަކާތްތެރިވާ، 80 ފޫޓުގެ މި ދޯނިން މައުލޫމާތުދިން ގޮތުގައި، ދެތިން ދުވަހު އެއްވެސް ވަރަކަށް ކަންނެލި ނުބޭނި އޮތުމަށްފަހު، ދިމާވި ކަންނެލި އައިނަކާޖެހި ދޯންޏަށް، އަށް މޭލު މޭރަށް ދެވުނީއެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް، އިންޑިޔާ ސިފައިން ވަރަށް އިހާނެތިކޮށް ކަންތައް ކޮށްފި: ޓޮމް

އިންޑިޔާ ސިފައިން ދޯންޏަށް އަަރައި، ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް ކަމަށާއި، ބައެއް މަސްވެރިންނާމެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރިކަމަށް ކެޔޮޅު ބުންޏެވެ. އަދި ހާއްސަކޮށް ދޯނީގައި ތިބި ބިދޭސީންނާމެދު ކަންތައް ކުރީ ވަރަށް ހިތާމަވެރި ގޮތަކަށް ކަމަށް ކެޔޮޅު މައުލޫމާތުދިނެވެ.

"ފުރަތަމަވެސް ދޯންޏަށްއަރާ، ހުރިހާ ޕަންޕުތަކާ، އިންޖީނުތަކާއެއްޗެހި ނިވާލީ. ދެން ބޮއެވާ ދޯންޏެއްވީމަ އަޑިއަށް ނުދިޔައީ. އާއްމުކޮށް ގިނަ ލަކުޑި ދޯނި އަޑިއަށް ދާނެ އެގޮތަށް ޕަންޕުތަކާ އެއްޗެހި ނިވާލީމަ. ދިޔަގަނޑު ބޮޑުވެގެންގޮސް،" ކެޔޮޅު ބުންޏެވެ.

ކެޔޮޅު ކިޔައިދިން ގޮތުގައި، އިންޑިޔާ ސިފައިން އެ ދޯންޏަށް އެރުމަށްފަހު، މީހުން ފަހަތަށް ގޮސް ކޮޅުކަކޫ ޖަހައިގެން ތިބުމަށް އަމުރުކޮށް، ހަޅޭލެވިއެވެ. އަދި ސިފައިން ބޭނުންވާ ހަލުވި މިނުގައި ނުދެވުމުން އަނިޔާކުރީއެވެ.

"މީހުން ފަހަތަށް ދާން ދިޔައިރު، އެމީހުން ބޭނުންވާހާ އަވަހަށް ނުދެވޭތީވެގެން ފުރަތަމަ ދިމާވި މީހާގެ ކަނދުރާގަ މުގުރުންވެސް ޖެހި. ދެން އޭނާ ފަހަތު ހުރި މީހާގެ ބުރަކަށީގަ ވިއްދާފަ ވަރަސް ބާރަށް ކޮއްޕާލީ. އެ ނޫނިއްޔާ ދިވެއްސެއްގެ ގަޔަށް އަތްލާ، އެކަހަލަ ކަމެއް ނުކުރޭ،" ކެޔޮޅު ބުންޏެވެ.

ނަމަވެސް ދޯނީގެ ފަޅުވެރިންގެ އައިޑީކާޑުތަކާއި، އޮޑީގެ ހުރިހާ ލިޔެކިޔުމެއް ބަލަމުން ދިޔައިރުގަ، ދޯނީގައި ބިދޭސީން ތިބިކަން އެނގި، އެމީހުންގެ ޕާސްޕޯޓް ބެލިއިރު، މުއްދަތު ހަމަވެފައި ހުރުމުން، އެމީހުނާ ދޭތެރޭ ވަރަށް ދެރަވާހެން ކަންތައްކުރި ކަމަށް ކެޔޮޅު ބުންޏެވެ.

"ޓީޝާޓު ކަރުވަޅު ހިފާ ބާރު ކޮށްލައިގެން ތަންތާ ވިއްދާ، އޮއްބާ، ކޮޅުކަކޫ ޖައްސައިގެން ބޮލުގަ އަތް ވިއްދާފަ، އެ ދޭތެރެއަށް މުގުރު ލައިގެން، ބުރަކަށީގަ ކަކޫ ވިއްދާފަ ފަހަތަށް ދަމާ، އެކަހަލަ ގޮތްގޮތް ހެދީ،" ކެޔޮޅު ކިޔައިދިނެވެ.

އިންޑިޔާ ސިފައިން ދެ ގަޑިއިރު ދޯނީގައި ތިބި ކަމަށް ކެޔޮޅު ބުންޏެވެ.

މީގެ އިތުރުން ކެޔޮޅު ބުނީ، އޮޑި ވަރަށް ރަނގަޅަށް ޗެކްކުރުމަށްފަހު، ސިފައިން ދޯނިން ފައިބަމުން މަސްވެރިއަކު ކަނޑަށް އެއްލައިލި ކަމަށެވެ.

"ދާންވެގެން އެކަކު މޫދަށްވެސް އެއްލާލި. ބަންގްލަދޭޝްމީހަކު. އެއްލާލާފަ އެކަމަކު ވަގުތުން އަތް ދިއްކޮށްލާފަ ނަގައިފި" ކެޔޮޅު ބުންޏެވެ.

އިންޑިޔާ ސިފައިން ދިޔައީ، މި އަމަލު ތަކުރާރު ނުކުރުމަށް ބުނެފައި ކަމަށް ކެޔޮޅު ބުންޏެވެ.

"ބުނީ ދެން ތަކުރާރު ނުކުރައްޗޭ. މިއީ އިންޑިޔާ ކަނޑުގެ ސަރަހައްދޭ. ދެވަނަ ފަހަރަށް ވަދެއްޖެއްޔާ ދޯންޏެއް ނުލިބޭނޭ. އެމީހުންގެ ބެލުމުގެ ދަށަށް ގެންދާނަމޭ،"

މަސްވެރިންނާ ދޭތެރޭ އިންޑިޔާ ސިފައިން ކަންތައްކުރިގޮތް ކިޔައިދެމުން ކެޔޮޅު ބުނީ، މަސްވެރިންނަށް އިންޑިޔާ ސަރަހައްދަށް ވަދެވުމުން ހިފަހައްޓައި، ބަލާ ޗެކްކޮށްހަދާ ވާހަކަ މީގެ ކުރިން ކޮންމެވެސް ވަރަކަށް އަޑުއަހާ ކަމަށާއި، ނަމަވެސް މީހެއްގެ ގަޔަށް އަތްލި ވާހަކަ މީގެކުރިން އަޑު ނާހާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

13 Responses

  1. ރާއްޖެ ސަރަހައްދަށް ވަތް މަސްބޯޓުތައް ހުރީ ދޫނިދޫ ފަޅުގަ. ދޯނި ލިބުނުކަމުން ޝުކުރުވެރިވާންޖެހޭ. އޮޅިގެން ކުރެވޭ ބައެއް ކަންކަމުގަ ވަރަށް ނުރަްްކާތެރި ޙާދިސާހިނގާ ވަރަށް ނިކަމެތި ގޮތްގޮތް މެދުވެރިވެފަ އެބަހުރި. ނޯޅޭ ވަރުގެ ކެޔޮޅެއް ލައިގެން އޮޑި ދުއްވުން ރަނގަޅު.

  2. ނަސީބެެއް ދޫކޮށްލިކަން. އުޅާދާއ މީހުން ހައްޔަރު ކުރާނެ މިޤައުމަށް ވަނަސް. ޢަލްހަމްދު ލިއްލާހި

  3. އެބައެއްގެ އަށްފަށުވީމާ ހަދާނީހިތަށް އެރިގޮތެއް ރަނގަޅުތާ އޮޑިލިބުނު ކަންވެސް

  4. ﷲގވާގިފުލާައިއެކު ޢިންދިޔާގެމަސްވެރިން ރާއްޖެސަރަހައްދައް ވަނީމަ ރާއްޖޭގޭސިފައިން ވެސްމިގޮތައްކަންތައް ކުރާނެބާ

  5. އަސްލުނޭގ އެއްނުނ ތި ވަަންނަނީ ، އެންގޭނޭޭ

  6. ދިވެހިންނަށް ނުކެރެނީ ތިހެން ހަދަން. ދިވެހި ކަންޑުުން އިންޑިޔާ ބަޔަކު ފެނިއްޖިޔާ ކަންޑު ފައްތާލާ. އޭރުން ނުކެރޭނެ ދިވެހިންނާ ތިހެން ކުޅެލަން..

  7. ރާއްޖޭގައިވެސް އިންޑިޔާސިފައިން ހަންފަތުރަން އެބަތިބި. ބޭނުންކޮންމެ ގޮތެއް ދިވެހިންނަކަށް ނުހެދޭނެ. ތިގޮތަށް ދިވެހިންނަށް ހަދަންޏާ އަހަރެމެންނަކަށް މަޑަކުން ނުތިބެވޭނެ. ނަމަނަމަ ހުޝިޔާރު

  8. ކޮބާ މައްސަލަ އަކީ. ދިވެހިރާއްޖޭން އިންޑިއާ ދޯނިފަހަރު ފެނިއްޖެއްޔާ ހިފަހައްޓައިގެން ގެންނަނީ.
    ދަނޑުގަ ތިބި ބަޔަކު ގަޔަށްބޮލަށްވެސް އަރައިގަތް.
    މަށަށް ތިޔަ ކުރި ވަރުވެސް ކުޑަ.

  9. ތިއީ އެމީހުންގެ (މަސްވެރިންގެ) އާންމުކަމެއް. ވަރަށްގިނައިން ފޮނިވެލާފަ އަހަރެމެން މަސްވެރިކަން ކުރަނީ އިންޑިއާ ސަރަހައްދުންނޭ ކިޔާނެ. ހުރިހާ ފަހަރަކު ބޮނޑިއެއް ނުލިބި ސަލާމަތްވެވިދާނެ. މިފަހަރު ތިއޮތީ ބޮނޑި ބޮއިފަ.

  10. ތިޔަ ހިފެހެއްޓި މީހުންނަކީ މިހާރު ރާއްޖޭގެ(ކަނޑު ރަސްގެފާނުން) މަސްވެރިކަން ކުރާނީ ރާއްޖެއިން ބޭރުން.
    ބޭރުގެ މަސްބޯޓެއް ފެނިއްޖެނަމަ ފަހާދުއްވާ ހިފަހައްޓާނެ.
    ކަންނެލި މަސްވެރިން އުޅެންޖެހެނީ އެމީހުން ބުނާގޮތައް
    ކަންނެލި ކިރަން ޖެހެނީ އެމީހުން ބުނާ އަގަކަށް.
    މުޒާހިރާވެސް ކުރަންވީމަ އެގެނީ އެމީހުނަށް.
    ދެން ދޭެންވިީ މަޖުލިސް މެމްބަރުކަން.

  11. އޮޅިގެނެއ ނޫނ ގަސްތުގ ދިޔައ 18މޭލ ހުރ މަނަވަރ ގ ހަބަރ ލިބުނުއިރު

  12. ޙިގާބަލަ އިންޑިޔާމީހަކަށް ބިރިޔާނި ކާންދެމާ

  13. ަދެން އިންޑިއާ އައުޓް ގޮވާފަ އައި ނަމަ؟ ބަލާއެއް ހުވާ!

Comments are closed.