ވައި ބާރުގެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލަރޓް ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ނިޔަލަށެވެ. މެޓުން ލަފާކޮށްފައިވާ ގޮތުގައި، މިރޭގެ ނިޔަލަށް، އެ ސަރަހައްދުތަކަށް، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައު ގަޑިއަކު 40 މޭލަށް ވައި ގަދަވާނެއެވެ.
މީގެ އިތުރުން މެޓުން ލަފާކޮށްފައިވާ ގޮތުގައި، މިރޭގެ ނިޔަލަށް އެ ސަރަހައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ އެވެ.
Alert white for strong winds and rough seas pic.twitter.com/d3M86LNdIH
— Maldives Meteorology (@MetMaldives) November 21, 2022
މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ 17 ވަނަ ނަކަތް ކަމުގައިވާ 'ނޮރަ' ނަކަތުގެ ދުވަސްތަކެވެ. މި ނަކަތް ނިމި، ހުޅަނގު މޫސުމުގެ ފަހު ނަކަތް ކަމުގައިވާ 'ދޮށަ' ނަކަތް ފެށޭނީ އަންނަ ހަފްތާއެވެ.