ކަނޑައިގެން ގޮސްފައިވާ ހުރިހާ މަސްކަނދުފައްޗެއް، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އަލުން ހަރުކޮށް ނިންމާލައިފިއެވެ.
މިހާރު ކަނޑައިގެން ގޮަސްފައިވާ 10 ކަނދުފަތި އަލުން ގާއިމު ކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށާފައި ވަނީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ.
ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ގާއިމު ކުރެވިފައިވާ ހުރިހާ މަސްކަނދުފައްޗެއް ވަނީ ގާއިމުކޮށް ނިންމާލާފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި 59 މަސް ކަނދުފަތި ގާއިމު ކޮށްފައި ވެއެވެ.
މީގެ އިތުރުން، ރާއްޖޭގައި އޮއިވާލި ވަދުކަނދުފަތީގެ ގޮތުގައި ތިން ކަނދުފައްޗެއް، މިދިޔަ އަހަރާއި މި އަހަރު ހަރުކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ދެ ކަނދުފަތި ވަނީ މިހާރު ކަނޑައިގެން ގޮސްފައެވެ. އެއީ މިދިޔަ އަހަރު އަޅާފައިވާ، މޮޅަދޫ ކަނދުފައްޗާއި، މިއަހަރު މެދުތެރެއިން އެޅި، ކެންދޫ ކަނދުފައްޗެވެ.