ސައުދީ އަރަބިއްޔާގައި މަސް އާލާ ކުރުމުގެ މަސައްކަތް ކާމިޔާބުކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. ސައުދީ އެންވަޔަރަމެންޓު، ވޯޓާ އެންޑު އެގްރިކަލްޗަރއިން ހާމަކުރި ގޮތުގައި، އިމްޕޯޓަށް ބަރޯސާނުވެ ޤައުމުގައި އޮތް ޑިމާންޑާއި އެއްވަރަށް މަސް އާލާ ކުރުމުގެ މަސައްކަތްތަކަށް ބޮޑެތިކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން 2016ވަނަ އަހަރު އެޤައުމުން ބާޒާރަށް 32000 ޓަނުގެ މަސް ނެރެފައިވާއިރު، މި އަދަދު 2022ވަނަ އަހަރުވަނީ 119000 ޓަނަށް އިތުުރުވެފައެވެ. މަސް އާލާކުރުމުގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އެޤައުމުން ވަނީ ދާދިފަހުންވެސް އެކަމަށް ހާއްސަ 20 ފެސިލިޓީއެއް ހުޅުވާފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި އެފަދަ 82 ފެސިލިޓީ ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މީގެއިތުރުން މަސް އާލާކުރުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށްވެސް އެމަސައްކަތުގައި ބޭނުންވާ އެއްބާރުލުންތައް މިނިސްޓްރީން ދަނީ ފޯރުކޮށްދެމުންނެވެ.
އަމިއްލަ ޤައުމަށް ބޭނުންވާ މިންވަރަށް މަސް އާލާކުރުމުގެ މަސައްކަތުގެތެރެއިން، އެޤައުމުން ދަނީ މިހާރު 35 ޤައުމަކަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓުވެސް ކުރަމުންނެވެ. މިއީވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެންވަޔަރަމެންޓު މިނިސްޓްރީން ދެކެެއެވެ.
One Response
ސައުދީއިން ހުރިހާ ކަމަކުންވެސް ހާދަ ކުރީގައޭ މިއުޅެނީ