ފެލިވަރުގައި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުހާނައެއް އެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެން އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން، މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން ގެނެސްދީފައިވާ ކުރިއެރުންތައް ހިއްސާކޮށް، ޕީއެސްއެމް ނިއުސްގެ "ސަރުކާރަށް ހަތަރު އަހަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މިފަހުން، މަސް ގަންނަން ފެސިލިޓީޒްތަކަށް އާ އިންވެސްޓްމަންޓެއް ކޮށްފައި ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދޯނިފަހަރު އިތުރުވެ، މަސް ބާނާވަރަށް ބަލާއިރު، ނިސްބަތުން، އިންވެސްޓްމެންޓް އިތުރުކުރެވި ނެތް ކަމަށެވެ.
"ދެހާސް ވަނަ އަހަރު ފެށުނުއިރުގަ ދެކުނުގަ ހުރި ކެޕޭސިޓީ އާއްމުގޮތެއްގަ ހުވަދޫގަ ހުރީ. އެތަނަށް މަސް ގަންނަމުން ދިޔައީ. ދެން އޭގެ އިތުރަށް، ފަހަކަށް އައިސް އެންމެ 100 ވަރަކަށް ޓަނުގެ ކޯލްޑްސްޓޯރޭޖެއް އިތުރުވެގެން ދިޔައީ. ދެން 50ހަކަށް ޓަނު އިތުރަށް ގަނެވޭ ގޮތަށް އައްޑޫގަ ގާއިމުވެފަ ހުރީ، މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން، ފެލިވަރުގައި ހުރި ކާރުހާނާއަކީވެސް ޒަމާންވީ ތަނެއްކަމަށާއި އެތަނުގެ މެޝިނަރީތައް 'އައުޓްޑޭޓް' ވެފަހުރި ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ރަނގަޅު މޫސުމެއްގައި މަސް ގަންނާނެ ފެސިލިޓީޒްއެއް އުތުރުގައިވެސް އަދި ދެކުނުގައިވެސް ނެތް ކަމަށެވެ.
"އެހެންހުއްޓަ މި ސަރުކާރުން މިހާރު މިދަނީ މަސައްކަތް ކުރަމުން، ފެލިވަރުގަ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުހާނައެއް އަޅަން. އެކަމަކށް ބޭނުންވާ ބަނދަރާ، އެހެން ފެސިލިޓީޒްތައް ގާއިމު ކުރަމުން. އެތަނުގަ 500 ވަރަކަށް ޓަނު ސްޓޯ ކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއް ހުރީ. އެތަނުގަ ފްރީޒިން ކެޕޭސިޓީވެސް ރަނގަޅަކަށް ނެތް. އެހެން ހުއްޓާ މިހާރު މިދަނީ އެތަނުގަ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުން. އަދި އެއާ ގުޅޭނެ އެހެން ފެސިލިޓީތައް ގާއިމުކޮށް، 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް ހަދަން، އިންޑިއަން ލައިން އޮފް ކްރެޑުޓްގެ ތެރޭގަ އެ މަސައްކަތް ކުރެވެމުން މިދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިފްކޯގެ "ޖަޒީރާ ރީފާރ" ބޯޓުން މަސް އެކްސްޕޯޓު ކުރަން ފަށައިފި
މި ވެރިކަން ނިމުމުގެ ކުރިން، އެ ކާރުހާނާގެ ބޭނުން ކުރެވެން ފަށާނެކަމަށާއި، އެއީ މި ސަރުކާރުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެން ހަަމަ ދެކުނުގަ މިހާރު ހުރި ކާރުހާނާއަށް ބަލާއިރުގަ، ކޫއްޑޫގަ މަސް ގަންނަން ހުރީ ހަމަ އެންމެ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް"
ހުވަދޫއަށް ރަނގަޅަށް މަސް ބާނާ ދުވަސްވަރެއް ނަމަ އެތަން ފުރޭ ކަމަށާއި، ސްޓޯރ ފުރުމުން ރީފަރ ބޯޓަކަށް މަސް އަޅައިގެން ތައިލޭންޑަށް ފޮނުވަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަން ކޮށްލަކޮށްލާ ތިބެން މި ޖެހެނީ. އެހެންވީމަ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ އެތަނުގަ ބަނދަރު އިތުރަށް ފުޅާކުރަން އަދި އެތަނުގަ މިހާރު ގަނެވެން ހުރީ ދުވާލަކު ބްރައިން ފްރީޒިން ކެޕޭސިޓީއަށް ބަލަންޏާ ގަނެވެން ހުރީ ދުވާލަކު ގާތްގަނޑަކަށް 240 ވަރަކަށް ޓަނު. އޭތި ޑަބަލް ކުރުމަށް ސަރުކާރުން އަމާޒު ހިފައިގެން މި މަސައްކަތް ކުރަނީ އިތުރު ބްރައިން ކެޕޭސިޓީ ގާއިމު ކުރަނީ" މިނިސްޓަރު ވިދާޅުވިއެވެ.
2 Responses
ތިޔަ ކާރުހާނާ ފެންނާނީ ހުވަފެނުގަ ތޯއްޗެއް
މިހާރުވެސް 200ދޯނި އެބައޮތް ކިޔުގަ.ދެންވާ ރަނގަޅު