ފިޝަރިޒް  މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް
ފިޝަރިޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން -- ފޮޓޯ/ މަޖިލިސް

މަހަށް ހަމައަގު ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މަހަށް މަތީ އަގު ލިބޭ އުފެއްދުންތައް އުފެއްދުން: މިނިސްޓަރު

މަހަށް ހަމައަގު ހޯދުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، މަހަށް މަތީ އަގު ލިބޭ އުފެއްދުންތައް އުފެއްދުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެން އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން، މަސްވެރިކަމުގެ ސިނާއަތަށް މި ސަރުކާރުން ގެނެސްދީފައިވާ ކުރިއެރުންތައް ހިއްސާކޮށް، ޕީއެސްއެމް ނިއުސްގެ "ސަރުކާރަށް ހަތަރު އަހަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ހަމައެކަނި މަސް ބާނައި، ފްރީޒްކޮށްގެން، ތައިލޭންޑަށް ނުވަތަ އެހެނިހެން މާކެޓްތަކަށް ވިއްކުމުން އޭގެން ރަނގަޅު ފައިދާއެއް ނުކުރާ ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ ފެލިވަރުގައި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ކާރުހާނައެއް އަޅަން"

"މީގެން ބޮޑު ފައިދާއެއް ކުރާނީ އޭގެން މަތީ އަގު ލިބޭ އުފެއްދުންތައް އުފައްދައިގެން އެކްސްޕޯޓު ކުރަން ފެށީމަ. އޭރުން އެ ލިބޭ އެއްޗެއް މިހާރަށްވުރެ އެތައް ގުނައެއް އިތުރު ކުރެވުނީމަ، މަސްވެރިންނަށް ދޭ އެއްޗެއް އިތުރު ކުރެވޭނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގަ އެންމެ ރަނގަޅަށް މަސް ބާނާ ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްވެސް ރަނގަޅު ކުރެވިފައި ނެތް ކަމަށާއި، އިތުރު ކާރުހާނާއެއްވެސް އެޅިފައި ނެތް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!