މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވާދޫގައި މަސްރޭހެއް

ރ.ވާދޫ- ފޮޓޯ- ވާދޫ ފޭސްބުކް ޕޭޖް
ރ.ވާދޫ- ފޮޓޯ- ވާދޫ ފޭސްބުކް ޕޭޖް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ރ.ވާދޫ ކައުންސިލުން ނިންމައިފިއެވެ.

މި މަސްރޭސް ބޭއްވުމަށް ހަމަޖެހިަފއިވަނީ ޑިސެމްބަރ 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 17:30 އަށެވެ.

ވާދޫ ކައުންސިލުން ބުނީ މިރޭހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޑިސެމްބަރ 07 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދޭ ފޯމު، ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި މިމުބާރާތް ސްޕޮންސަރ ކުރުމަށާއި، އެކިވަނަތަކަށް އިނާމް ހުށަހެޅުއްވުމުގެ ފުރުސަތު  ޑިސެމްބަރ 07 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާއަށް ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ގދ. ފަރެސްމާތޮޑާގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ