މަސްވެރިކަމާއި ގުޅޭ

750x500-bigeye-tuna-offload-noaa-piro

ކަންނެލީގެ ސްޓޮކް ބެލެހެއްޓުމާއި ގުޅޭ މުޙިއްމު ބައްދަލުވުމަކަށް ޤައުމުތަކުން ތައްޔާރުވަނީ

ވެސްޓާން ސެންޓްރަލް ޕެސިފިކް ފިޝަރީސް ކޮމިޝަންގައި ހިމެނޭ 26 މެމްބަރު ޤައުމުންދަނީ އަންނަ މަހުގެ ކުރީކޮޅު މުޙިއްމު ބައްދަލުވުމަކަށް ތައްޔާރުވަމުންނެވެ. މި ބައްދަލުވުމުގައި ކަންނެލީގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމާއި ގުޅޭގޮތުން ޤައުމުތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަށްވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުންވެގެންދާނީ މި ކޮމިޝަންގެ މެމްބަރު ޤައުމުތަކަށް ވަރަށް މުޙިއްމު އެއްބަސްވުމަށެވެ. ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމެއްގައި ދައްކައިދޭ އެމް.އެސް.ސީ ސެޓިފިކެޓަށްވެސް މީގެ އަސަރު ކުރާނެތީއެވެ.

މި ކޮމިޝަންގެ މެމްބަރު ޤައުމުތަކުގެތެރޭގައި، އޮސްޓްރޭލިއާ، ޗައިނާ، އިންޑޮނޭޝިއާ، ޖަޕާން، ފިލިޕީންސް އަދި ނިއުޒިލޭންޑު ފަދަ ޤައުމުތައް ހިމެނެއެވެ.

މި ސަރަހައްދުގެ ޤައުމުތަކުން އާއްމުގޮތެއްގައި ކުރަނީ ކަޅުބިލަމަހާއި، ރީނދޫ އެރަހަ ކަންނެލި، ލޯ ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. މި ބާވަތްތަކުގެ މަހުގެ ސްޓޮކް ރަނގަޅަށް މެނޭޖްކުރުމަކީ އޭގެ އާބާދީ ދެމެހެއްޓެވިގޮތެއްގައި ދެމިގެން ދިޔުމަށް މުޙިއްމު ކަމެކެވެ.

ސްޓޮކް ދެމެހެއްޓުމަށްޓަކައި މަސް އާލާކުރުމަށްވެސް ހާއްސަ އިސްކަމެއްދޭން ޖެހެއެވެ. އެގޮތުން ޤައުމުތަކުން ބާނާނެ މަހުގެ އަދަދު ކަނޑައެޅުމަކީ މުހިއްމުކަމެއްގެގޮތުގައި އެމް.އެސް.ސީ އިން ދެކެއެވެ.

އެމް.އެސް.އީ އިން ސެޓިފިކޭޓު ދިނުމުގައި މަހުގެ ކޮލިޓީއަށް ބެލުމުގެ އިތުރަށް މަހުގެ ސްޓޮކް މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ބަލައެވެ. އަދި މަސްވެރިކަން ކުރުމުގައި ކަނޑުގެ އެހެން ދިރުންތަކަށްވާ ގެއްލުމަށްވެސް ބަލައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!