އިހަވަންދޫ އައިސްޕްލާންޓު.، ފޮޓޯ- މަސްވެރިއިހަވަންދޫ
އިހަވަންދޫ އައިސްޕްލާންޓު.، ފޮޓޯ- މަސްވެރިއިހަވަންދޫ

ގޭސް ލީކުވާތީ އިހަވަންދޫ އައިސްޕްލާންޓް ބަންދުކޮށްފި

އެމޯނިއާ ގޭސް ލީކުވާތީ ހއ. އިހަވަންދޫ އައިސްޕްލާންޓް ބަންދުކޮށްފިއެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިޟްވާން ވިދާޅުވީ، އެ ސަރަހައްދުގައި ގޭހުގެ ވަސް ވަރަށް ބޮޑަށް ފެތުރިފައި ވާކަމަށާއި މިވަގުތު އެސަރަހައްދު އެއްކޮށް ބަންދުކޯށްފައިވާ ކަމަށެވެ.

"ގޭސް ހޮޅީގެ ބުޑުން ލީކުވާކަމުގެ މައުލޫމާތު ލިބުނީ،" މަސް ފިނިކުރާ ނިޒާމުގެ ތެރެއިން އައިސް އުފެއްދުމަށް ބޭނުންކުރާ އެމޯނިއަމް ގޭސް ލީކުވާންފެށިގޮތް ހިއްސާކުރަމުން ރިޟްވާން ވިދާޅުވިއެވެ.

މީގެ އިތުރުން ރިޟްވާން ވިދާޅުވީ، މިރޭ 9 ޖަހާކަންހާއިރު ހިނގި މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުންދާ ކަމަށާއި އަދިވެސް ގޭސް ލީކުވާކަމަށެވެ.

"އެ ސަރަހައްދުން ގާތްގަނޑަކަށް ބަލާނަމަ 400 އެއްހާ ފޫޓުގެ ސަރަހައްދެއް އެއްކޮށް ބައުންޑްރީކޮށް ބަންދުކޮށްފަ އޮތީ. ދެން ހާދިސާއާ ގުޅިގެން އެ ސަރަހައްދު އާއްމުރައްޔިތުންނަށް ބަންދު،" ރިޟްވާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!