ތ. ފުނައްޑޫ މަސް ޕްރޮސެސިން ފެކްޓްރީ ތަރައްގީކުރުމގެ މަސައްކަތުގައި، މިފްކޯއާއި ފިޝަރީޒް މިނިސްޓްރީގެ ބަސް ތަފާތުވެ، މައްސަލަ ދިގުލާން ފަށައިފިއެވެ.
ފުނައްޑޫ މަސް ޕްރޮސެސިންގް ފެކްޓްރީއަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލޯނެއް ނުދައްކައިގެން ވިއްކާލަން އިއުލާންކުރުމުން، ފިޝަރީޒް މިނިސްޓްރީން ގަނެ، ތަރައްގީކުރަން މިފްކޯއާ ހަވާލުކުރަން ނިންމާފައިވާ ތަނެކެވެ.
ފުނައްޑޫ މިފްކޯއާ ހަވާލުކުރަން ނިންމި އިރު، އެ ރަށް ވަރަށް ބޮޑަށް ހަލާކުވެފައި ވުމުން، އެ ރަށުގެ އޮޕަރޭޝަން ފަށަން 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ) މިފްކޯއަށް ހޯދަން މަސައްކަތް ކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފައެވެ.
މައްސަލަ ދިރާސާކުރަން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މިފްކޯ އިން ފޮނުވި ސިޓީގައިވާ ވާހަކަތަކާއި ފިޝަރީޒް މިނިސްޓްރީން ދިން މައުލޫމާތާ ދިމާނުވާ މައްސަލަ އެވެ.
އެގޮތުން، ފުނައްޑޫ މިހާރު މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށާއި އަދި ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ރަށް އޮޕަރޭޝަނަން ގެންނަން މިފްކޯއިން އަންދާޒާ ކުރާ ފައިސާގެ އަދަދަށްވުރެ، މިނިސްޓްރީން އަންދާޒާ ކުރާ ވަރު މާ ކުޑައެވެ.
ޖޫން މަހުގެ ނިޔަލަށް ފުނަައްޑޫގެ ފައިސާ ހަމަޖެހޭނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، އެ ފައިސާ އަދިވެސް ހަމަޖެހިފައެއް ނުވެއެވެ.
One Response
ހަވާލުވިކަމެއްނޭގެ ރަށުގަހުރި ޖަނެރޭޓަރު މިފުކޯއިން ގެންގޮސްފި ދެންވެހުރިއެޗެއްވީޔާގެންދަނީ ރައްހަދަންހޯދަންޖެހޭ ފައިސާ ހައްތާވެސް އިތުރުވާނީދޯ މީހާލަކީ