299319259_587634383044073_3028171292408690849_n-py847j6kqkgy3nmu3tz0uaavrr9fmf3mcaf4xwadlk

އެއްދަތުރުން އެންމެ ގިނަ ކަންނެލި ބޭނި ރެކޯޑު އިހަވަންދޫ ދޯންޏަކަށް

އެއް ދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ރިކޯޑް ހއ އިހަވަންދޫ ދޯންޏަކަށް ލިބިއްޖެއެވެ.

އިހަވަންދޫ "މާހޯރަ-3" ދޯނިން ވަނީ އެއް ދަތުރުގައި 14 ޓަނުގެ ކަންނެލި ބާނައި، 11 ޓަނު 865 ކިލޯ އެންސިސް ފިޝަރީޒް އަށް  ކިރުވާފައެވެ. މިއީ އެންސިސްގެ ތާރީހުގައިވެސް އެއް ދަތުރުގައި ދޯންޏަކުން އެންމެ ގިނަ ކަންނެލި ކިރުވި ފަހަރެވެ.

މީގެކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ.

މިދަތުރުން ކިރުވި ކަންނެލިން، ކޮންމެ ފަޅުވެރިއަކަށް 25 ހާހަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!