މަސްވެރިކަމާއި ގުޅޭ

Jellyfish-A-new-sustainable-nutritious-and-oyster-like-food-for-the-Western-world

ޖެލީ ފިޝްއިން މާލީ ނަފާ ހޯދޭނެ ގޮތްތައް ބަންގްލަދޭޝްއިން ދެނެގަންނަނީ

ޖެލީފިޝްއަކީ ބަންގްލަދޭޝްގެ ކަނޑުތަކުން އާއްމުކޮށް ފެންނަ ބާވަތެއް ނަމަވެސް މިއީ މިހާތަނަށް އޭގެން އެއްވެސް މާލީ މަންފާއެއް ހޯދާފައިވާ އެއްޗެއް ނޫނެވެ. އަދި މިއީ ކެއުމަށްވެސް ބޭނުންކުރާ އެއްޗަކަށް ނުވުމުން، މީގެން ހިފޭނެ ބޭނުމެއް ނޯވެއެވެ.  އެހެންނަމަވެސް ޖެލީ ފިޝްއިން ޤައުމަށް އާމްދަނީއެއް ހޯދޭނެ ގޮތްތައް ބެލުމުގެ މަސައްކަތް ބަންގްލަދޭޝްގެ ސައިންސްވެރިންވަނީ ފަށާފައެވެ.

އެގޮތުން މިހާރު ކުރިއަށްދާ ދިރާސާގެ ދަށުން ބަންގްލަދޭޝްގެ ކަނޑުތަކުން ފެންނަ ޖެލީ ފިޝްގެ ވައްތަރުތަކާއި، އޭގެ އާބާދީ ހުރި މިންވަރު ވަޒަންކުރެވޭނެއެވެ. ސައިންވެރިން ހާމަކުރާގޮތުގައި ޖެލީ ފިޝްގެ އަދަދުތައް މޫދުގެ ލޮނުގަނޑުގެ ފިނި ހޫނުމިނާއި ގުޅިފައިވެއެވެ.

ޖެލީ ފިޝްއިން ހިފޭނެ ބޭނުންތައް ދެނެގަތުމަށް ގިނަ ޤައުމުތަކަކުންދަނީ ދިރާސާތައް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބައެއް ޤައުމުތަކުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.

ނޯކާލީ ސައިންސް އެންޑު ޓެކްނޮލޮޖީ ޔުނިވަރސިޓީގެ އެސޯސިއޭޓު ޕްރޮފެސަރ ގޯލަމް މުސްތަފާ ހާމަކުރާގޮތުގައި ބަނގްލަދޭޝްގެ ކަނޑުތަކުން ފެންނަ ޖެލީ ފިޝްތައް 3 ކެޓަގަރީއަކަށް ބަހާލެވޭނެ ކަމަށެވެ. އެގޮތުން އެއް ކެޓަގަރީއަކީ ކެއުމަށް ބޭނުން ކުރާ ޖެލީ ފިޝްއެވެ. މި ބާވަތުގެ ޖެލީ ފިޝްއަށް ޓައިވާން، ވިއެޓްނާމް، ތައިލޭންޑު އަދި ޗައިނާގައި ރަނގަޅު ޑިމާންޑެއް އޮވެއެވެ. މީގެ ޖެލީ ފިޝްތަކުގެ ބަރުދަން އުޅެނީ 8-10 ކިލޯ އާއި ދެމެދުގައެވެ. އެހެންކަމުން ޖެލީ ފިޝް އެކްސްޕޯޓުކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރިއެވެ.

ދެވަނަ ބާވަތަކީ ވިހަ ގަދަ ޖެލީ ފިޝްއެވެ. މި ބާވަތުގެ ޖެލީ ފިޝްއެއް ގައިގައި ޖެހިއްޖެ ނަމަ މީހާ އެއްކޮށް ވާގިނެތޭވަރުވެއެވެ.

ތިންވަނަ ބާވަތުގެ ޖެލީ ފިޝްއަކީ ސައިޒުން ވަރަށް ކުދި ޖެލީ ފިޝްތަކެވެ. މި ބާވަތުގެ ޖެލީ ފިޝްތައް އެކުއޭރިއަމްތަކުގައި ބޭނުން ކުރާ ކަމާއި މިއީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް އެއްޗެއްކަން މުސްތަފާ ފާހަގަކުރިއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!