މަސްވެރިކަމާއި ގުޅޭ

ސާޖިން- ފޮޓޯ- ޒުވާން މަސްވެެރިޔާ
ސާޖިން- ފޮޓޯ- ޒުވާން މަސްވެެރިޔާ

ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސްގައި "ޔޫތް ލީޑަރ އޮފް ދަ އިޔަރ" އެވޯޑް ސާޖިންއަށް!

ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2022ގައި "ޔޫތް ލީޑަރ އޮފް ދަ އިޔަރ" އެވޯޑް، ޒުވާން މަސްވެރިޔާ ހަސަން ސާޖިންއަށް ލިބިއްޖެއެވެ.

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ސާޖިންއަށް، އޭނާގެ އަގު ވަޒަންކޮށް، މިިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުވެސް ވަނީ ޚާއްސަ އެވޯޑެއް ލިބިފައެވެ.

ގއ. ގެމަނަފުއްޓަށް އުފަން ސާޖިން ދަނީ، ފޭސްބުކް އަދި ޓުވިޓަރގެ ޒުވާން މަސްވެރިޔާގެ ނަމުގައި އެކައުންޓެއް ހަދައި، ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ދައްކާލަމުންނެވެ. އޭނާ ބައެއް މީޑިއޯތަށް ބަލާފައިވާ މީހުންގެ އަދަދު މިލިއަނުން ގުނާލެވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ބަލާފައިވާ ވީޑިއޯގެ ޖުމްލަ ވިއުސް އުޅެނީ 40 މިލިއަންގައެވެ.

ޒުވާން މަސްވެރިޔާގެ ސޯޝަލް މީޑިއާއަކީ މިވަގުތު މަސްވެރިކަމުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށް މަސްވެރިކަމާއި ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށް އެންމެ ކުރީގައި އުޅޭ އެއް މީޑިއާއެވެ. ސާޖިންގެ ސޯޝަލް މީޑީއާ ބަލާ އަދަދު އުޅެނީ މަހެއްގެ މަށްޗަށް އެވްރެޖްކޮށް 10 މިލިއަނަށްވުރެ މަތީގައި ކަމަށް ސާޖިން މައުލޫމާތު ދެއެވެ. އެއީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ގެ ޒަރިއްޔާއިން ހިއްސާކުރާ ޕޯސްޓްތަކުގެ "ޕޯސްޓް ރީޗް" އެވެ.

ސާޖިންގެ ވީޑިއޯއަށް ގިނަ އަދަދެއްގެ ބޭރުގެ ފަރާތްތައް ކޮމެންޓުކޮށްފައި ހުރެއެވެ. ދޮޮށީގެ މަސްވެރިކަމަކީ ބޭރުގެ ގިނަ ފަރާތްތަކަށް އެހާ ދެކެ ފަރިތަ ބާވަތެއްގެ މަސްވެރިކަމެއް ނޫނެވެ. އަދި ރާއްޖޭގައި ކުރަނީ މިފަދަ މަސްވެރިކަމެއް ކަން އެނގި ރާއްޖޭގެ މަސްވެރިންނަށް ތަޢުރީފްގެ ބަސްތައް ބުނެފައި ހުރެއެވެ

ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކުރުމަށް ސާޖިން ކުރަނީ ބުރަ މަސައްކަތެކެވެ.

ސާޖިން ބުނީ އޭނާ ފަދަ މަސްވެރިންތައް މިހާރު ދަނީ އުފެދެމުން ކަމަށެވެ. ސާޖިންގެ ވީޑިއޯތަކަށް ލިބޭ ތަރުޙީބަށް ބަލާއިރު، މިލިއަނުން މީހުން އޭނާގެ ވީޑިއޯތައް ބަލާފައި ހުރެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުވެގެންދާ ދޮރެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!