މަސްވެރިކަމާއި ގުޅޭ

4228

ހާލުދެރަވި މަސްވެރިއަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ހާލު ދެރަވެފައިވާ މަސްވެރިޔާއަކީ "އަލިރާސްތާ-1" ދޯނީގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ކަމަށެވެ. އަދި އޭނާގެ ހާލުދެރަވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"މާލޭގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިވައިވަނީ މިއަދު ހެނދުނު 07:56 ހާއިރު. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ"، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،" އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ.

އެގޮތުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" ގައި ހާލު ދެރަވި މީހާ ވަނީ މިއަދު 12:35 ހާއިރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!