މަސްވެރިކަމާއި ގުޅޭ

ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި
ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި

މަސްދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅެވޭގޮތަށް ގަވާއިދު އިސްލާހު ކޮށްފި

ދިވެހިރާއްޖޭގެ މަސްދޯނިފަހަރުގައި ދެ ބިދޭސީންނަށްވުރެ ގިނައިން ގެންގުޅެވޭގޮތަށް ގަވާއިދު އިސްލާހު ކޮށްފިއެވެ.

ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް ފިޝަރީޒް މިނިސްޓްރީން ގެނައި އިސްލާހުގައި ވާގޮތުން، 15 މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ގިނަވެގެން ހަތަރު ބިދޭސީން ގެންގުޅެވޭނެއެވެ. އަދި 15 މީޓަރާއި 24 މީޓަރާ ދެމެދުގެ އުޅަނދުތަކުގައި، ގިނަވެގެން ހަ ބިދޭސީން ގެންގުޅެވޭ ގޮތަށް ގަވާއިދު އިސްލާހު ކުރިއިރު، 24 މީޓަރަށްވުރެ ބޮޑު އުޅަނދުފަހަރުގައި ގިނަވެގެން އަށް ބިދޭސީން ގެންގުޅެވޭނެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އެ އުޅަނދެއްގައި މަސައްކަތްކުރަން، ކަމާބެހޭ އިދާރާތަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވޯރކް ޕާމިޓް ލިބިގެންނެވެ.

މީގެ އިތުރުން މި ގަވާއިދުގައި ވަނީ ދޯނިފަހަރުން ލައިސަންސް ވީ ނެގުމަށްވެސް އިސްލާހު ގެނެސްފައެވެ. އެގޮތުން އާ އިސްލާހުގައި ވާގޮތުން، 15 މީޓަކަށްވުރެ ކުދި، ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި ބޮޑުކަންނެލީގެ އަތުތަނުގެ މަސްވެރިކަން ކުރާ އުޅަދުފަހަރުގެ އިތުރުން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރުން 12 މަސްދުވަހުގެ މުއްދަތަށް ދައްކަން ޖެހޭނީ 500 ރުފިޔާއެވެ. އަދި މި ބާވަތްތަކުގެ، 20 މީޓަރުން ދަށުގެ އުޅަނދަށް 1000 ރުފިޔާ ދައްކަން ޖެހޭއިރު، 20 މީޓަރުން ފެށިގެން ބޮޑެތި އުޅަނދުތަކަށް ނަގާނީ 1500 ރުފިޔާއެވރ. ނަމަވެސް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ އަތުނަނުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު 20 މީޓަރަށްވުރެ ބޮޑު ނަމަ ނަގާނީ 1800 ރުފިޔާއެވެ.

މީގެ އިތުރުން، އެކްސްޕޯޓުކުރާ ފަރާތްތަކަށް ވިއްކުމަށް ވަދުނަނުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި ހަމައެކަނި ރާއްޖޭގެ ބަާޒާރުގައި ވިއްކުމަށް ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރު 15 މީޓަރަށްވުރެ ކުދި ނަމަ، 24 މަސްދުވަހަށް ދައްކަން ޖެހޭނީ 250 ރުފިޔާއެވެ. އަދި އެފަދަ އުޅަނދުފަހަރު 20 މީޓަރަށްވުރެ ކުޑަނަމަ 250 ރުފިޔާ ދައްކަން ޖެހޭއިރު، 20 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުން ދައްކަން ޖެހޭނީ 500 ރުފިޔާކަމަށް އެ އިސްލާހުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ދުވަސް ކޮޅަކުން މަހަށްދާން ބޭނުންވާ ދިވެހިންނަށް ފުރުސަތު ގެއްލޭނެ. އޮޑިވެރިޔާއާއި ކެޔޮޅާއި ގުޅިގެން ކުޑަ މުސާރައިގަ ބަންގާޅީން އެކަނި ދެން ގެންގުޅޭނީ. ރިސޯޓުތަކަށް ވެސް ވެގެން އުޅޭގޮތަކީ މީ. ދިވެހިންނަށް އޮންނާނީ މިހާރު ޓަނުން އެތެރެކުރާ ޑުރަގް ބުއިމުގެ ފުރުސަތު އެކަނި.

Comments are closed.