މަސްވެރިކަމާއި ގުޅޭ

I2XYZAD2EVGVJNCQTAWZIZX5BY

އެމެރިކާގެ ބީޗަކަށް ލެއްގި ޕައިލޮޓު ވޭލްތަކެއް ސަލާމަތްކުރެވޭނެގޮތެއް ނެތުމުން މަރާލަން ޖެހިއްޖެ

އެމެރިކާގެ ބީޗަކަށް ލެއްގި ޕައިލޮޓު ވޭލްތަކެއް ސަލާމަތް ކުރެވޭނެ ގޮތެއް ނެތުމުން މަރާލަން ޖެހިއްޖެއެވެ. ވޭން ކުޑަ ގޮތަކަށް މަރުވަމުންދާ ޖަނަވާރެއް މަރާލުމަކީ އާއްމުކޮށްވެސް ކުރާކަމެވެ.

އެމެރިކާގެ ކޭޕްކޯޑު ބީޗަށް އެންމެ ފުރަތަމަ ލެއްގީ ހަ ޕައިލޮޓު ވޭލްއެވެ. އޭގެތެރެއިން އެންމެ ކުޑަ ކޯމަސް ވަނީ މަރުވެފައެވެ. މި ކޯމަސްތައް ސަލާމަތް ކުރަން މަސައްކަތްކުރި އިންޓަރނޭޝަނަލް ފަންޑު ފޮރ އެނިމަލް ވެލްފެއަރއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބާކީ އޮތް ފަސް ޕައިލޮޓު ވޭލް ސަލާމަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ކަނޑަށް އެ އެއްޗެހި ދޫކޮށްލުމުން ހަތަރު ޕައިލޮޓު ވޭލް އަނބުރާ އެއްގަމަށް އައި ކަމަށެވެ.

ރެސްްކިއު ޓީމުގައި ހަރަކާތްތެރިވި ފަރާތްތަކަށްވެސް މިކަންވީ ބުރަ މަސައްކަތަށެވެ. އަލުން އަނބުރާ އެ އެއްޗެހި ކަނޑަށް ގެންދާނެ ހިތްވަރެއް ޓީމުގައި ނެތުމުން، އެ ރެއަށް މަސައްކަތް ނިންމާލުމަށްފަހު އަނެއް ދުވަހު މަސައްކަތް ފެށިއެވެ.

އެހެންނަމަވެސް ގިނަ ވަގުތުވަންދެން ހިކި ދިޔައިގައި ތިބުމުން ކޯމަސްތައްވެސް ތިބީ ސިއްހީގޮތުން ބަލިކަށިވެފައެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ކުރެވޭނެ، އިންސާނިއްޔަތުކަން ބޮޑު އަމަލަކީ އެ އެއްްޗެހި ވޭންކުޑަ ގޮތަކަށް މަރާލުން ކަމަށް އިންޓަރނޭޝަނަލް ފަންޑު ފޮރ އެނިމަލް ވެލްފެއަރއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ކަންނެތް ކަމުން މަރާލީކަން އެނގޭ ހަބަރު ކިޔާލީމަ

Comments are closed.