މަސްވެރިކަމާއި ގުޅޭ

viber_image_2022-12-02_12-00-11-617

ޗެމްޕިއަން ޓީމަކަށް 10 ހާސް ރުފިޔާ ލިބޭ މަސްރޭހެއް ގެމަނަފުށީގައި ބާއްވަނީ

ޗެމްޕިއަން ޓީމަކަށް 10 ހާސް ރުފިޔާ ލިބޭ މަސްރޭހެއް ގެމަނަފުށީގައި ބާއްވަން، "އެސޯސިއޭޝަން ފޯރ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށި' (އައިޖް) އިން އިއުލާނު ކޮށްފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ، މަސްވެރިންގެ ދުވަސް ކަމުގައިވާ، ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

"އެސްޓީއޯ އައިޖް މަސްރޭސް 2022" ގެ ރަނަރަޕް ޓީމަކަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ތިންވަނަ ޓީމަކަށް ދިނުމަށް ހަމަޖެހިފައި ވަނީ 2500 ރުފިޔާއެވެ.

މެއިން ސްޕޮންސަރެއްގެ ގޮތުގައި 'އެސްޓީއޯ' ހަމަޖެހިފައިވާ މި މަސްރޭހުގެ ކޯ-ސްޕޮންސަރުންނަކީ "ފެނަކަ ކޯޕަރޭޝަން" އާއި "މޯލްޑިވް ގޭސް"އެވެ.

އައިޖް އިން އިންތިޒާމު ކުރާ މި މުބާރާތުގެ ޕާޓްނަރުންނަކީ 'ގެމަނަފުށީ ރަޓުރޫޙު'، 'ކޯރ' އަދި 'ދަންމަރު'ގެ އިތުރުން އެރަށު ކައުންސލެވެ.

މަސްރޭހާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، 9992551 ނަންބަރަށް ގުޅުމަށް އައިޖް އިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޓީމެއް ހަދައިގެން ގެމަނަފުއްޓަކަށްނު ދާންވީ. މުބާރާތު ބައިވެރިވެގެން 10،000 ރުފިޔާވެސް ލިބިދާނެ ވިއްޔަ

Comments are closed.