މަރުވެގެން ތައިލޭންޑުގެ ބީޗަކަށް ލެއްގި ވެލައެއްގެ ބަނޑުތެރެއިން ދެ ކިލޯއަށްވުރެ ގިނަ ޕްލާސްޓިކާއި އެހެން ބާވަތްތަކުގެ ކުނި ފެނިއްޖެއެވެ.
ވެލައަކީ އެންމެންވެސް ވަރަށް ގަޔާވާ އަދި ލޯބިވާ އެއްޗަކަށްވުމުން މި ޚަބަރާއިއެކު ތައިލޭންޑުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ މޫދަށް ކުނި އެޅުން ހުއްޓާލުމަށް ގޮވާލަމުންނެވެ. ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ވަނީ ސަޤާފީގޮތުން ފާހަގަކުރާ ބައެއް ދުވަސްތަކާއި ގުޅިގެން މޫދަށް ކުނި އަޅާ މިންވަރު އިތުރުވާކަންވެސް ފާހަގަ ކޮށްފައެވެ.
ތައިލޭންޑުގެ ޗޮންބުރީ ގޮނޑުދޮށަށް ލައްގާފައިވާ ވެލާ މަރުވެފައިވާ ސަބަބެއް ދެނެގަތުމަށް ވަނީ އޮޓޮޕްސީއެއް ހަދާފައެވެ. މި އޮޓޮޕްސީއިން ދައްކާގޮތުން އޭގެ ބަނޑުގައި 2 ކިލޯއަށްވުރެ ގިނަ ކުނި ހުއްޓެވެ. ކުނީގެ ތެރޭގައި މަސް ހިފާ ދާގަނޑުތަކާއި، ދަގަނޑު ކްލިޕްސްތައް ހިމެނެއެވެ.
މީގެ ތިން ހަފްތާކުރިން ތައިލޭންޑުގައިވަނީ ލެންޓާސް ފެސްޓިވަލް ބާއްވާފައެވެ. މި ފެސްޓިވަލްގައި ބޭނުންވާ ލެންޓާންތަކުގައި ދަގަނޑު ކްލިޕްސް ބޭނުންކުރެއެވެ. ލެއްގި ވެލާ މަރުވުމަށް ދިމާވި ސަބަބެއްކަމަށް ބެލެވެނީ ދަގަނޑު ކްލިފްސްތައް ކެވިގެންނެވެ.
One Response
ވެލަޔަށް ކުރާ އަނިޔާ ހުއްޓާލާ!