ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލަރޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ނިޔަލަށެވެ. މިއަދު މެންދުރުގެ ނިޔަލަށް އެ ސަރަހައްދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
Alert white for heavy rain pic.twitter.com/4yyLdeIY2e
— Maldives Meteorology (@MetMaldives) December 3, 2022
އެންމެ ފަހުން މެޓުން ވައިތް އެލަރޓް ނެރެފައި ވަނީ މިިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.