ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 3 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ބޯޓުތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެމްއެންޑީއެފްއިން ބުނެފައި ވަނި، އެ ތިންބޯޓާ ބެހޭގޮތުން އިތުރު މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ލަންކާ މަސްބޯޓެއްމިިދޔަ މަހުވެސް ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެމްއެންޑީއެފްއިން ބުނީ، ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން، ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެފަހަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.