carousel2 (1)

ތިމާވެއްޓާއި ރައްޓެހި ފައިބަރު ކެނޯތަކެއް ގާނާގެ މަސްވެރިންނަށް ހަދިޔާކޮށްފި

ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ބާރު އެޅުމުގެ ގޮތުގައި ގާނާގައި ފައިބަރު ކެނޯތައް މަސްވެރިންނަށް ހަދިޔާކޮށްފިއެވެ.

ގާނާ ސަރުކާރުން މިފަދަ 20 ކެނޯ ބަހާފައިވާއިރު، މީގެން ކޮންމެ ކެނޯއެއްގައި 15 މީހުންނަށް މަސްވެރިކަމަށް ދެވޭނެއެވެ. ފައިބަރު ކެނޯތަކާއި އެކު ގާނާގައި މަސްވެރިކަމަށް މިހާރު ބޭނުންކުރާ ވަކަރު ކެނޯތަކުގެ ޑިމާންޑު ދަށްވާނެ ކަމަށް ލަފާކުރެއެވެ.

ވަކަރު ކެނޯތައް ހެދުމަށް ގަސް ކަނޑަން ޖެހުމަކީ ތިމާވެއްޓަށް އޭގެން ގެއްލުންވާކަމެކެވެ.

ފައިބަރު ކެނޯތަކެއް މަސްވެރިންނަށް ހަދިޔާކުރުމަކީ ގާނާގެ ސަރުކާރުން ކުރިއަށްގެންދާ ޕޯޓްސް އެންޑު ލޭންޑިންގ ސައިޓްސް ޕްރޮޖެކްޓުގެ ބައެކެވެ. މި ޕްރޮޖެކްޓު ހިނގުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުނީ މިހާރު އެޤައުމުގައި ބޭނުންކުރަމުން އަންނަ ކެނޯތަކަކީ ތިމާވެއްޓާއި އެންމެ ރައްޓެހިގޮތަށް ތައްޔާރުކުރާ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން މި ޕްރޮޖެކްޓުގެ ދަށުން ފައިބަރު ކެނޯ މަސްވެރިންނަށް ތައާރަފްކުރެވިގެން ދިޔުމަކީ ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ގާނާގެ ފިޝަރީޒް މިނިސްޓްރީންވަނީ ކުރިއަށް އޮތް ތަނުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ ޕްރޮޖެކްޓުތަކެއް ހިނގުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!