ފަރެސްމާތޮޑާ
ފަރެސްމާތޮޑާ

ފަރެސްމާތޮޑާގައި ބާއްވާ މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިިވުމުގެ މުއްދަތު އިތުރުކޮށްފި

ގދ. ފަރެސްމާތޮޑާ މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިި ވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއަހަަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށް ކަމުގައިވާ ގދ. ފަރެސްމާތޮޑާގައި ބާއްވާ މަސް ކެނޑުމުގެ މުބާރާތުގައި ބައިވެރިވުމުގެ ވަގުތު އިތުރުކުރީ، މާދަމާގެ މެންދުރު 2:00ގެ ނިޔަލަށެވެ.

މި މުބާރާތުގެ އިނާމުތައް:-

  • އެއްވަނަ އަށް 3000 ރުފިޔާ
  • ދެވަނައަށް 1500 ރުފިޔާ
  • ތިންވަނައަށް 500 ރުފިޔާ

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، މާދަމާ މެންދުރު 2:00ގެ ކުރިން އެރަށު ކައުންސިލަށް ފޯމު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މަސް ކެނޑުމުގެ މުބާރާތެކޭ އެއްގޮތަށް، ފަރުމަސްވެރިކަމުގެ މުބާރާތުގައި ވެސް ބައިވެރި ވުމުގެ ވަގުތު ވަނީ މާދަމާގެ ނިޔަލަށް އިތުރުކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަ ކުރާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބާއްވަން ހަމަޖެހިފައި ވަނީ ފަރެސްމާތޮޑާގައެވެ. އެހެންކަމުން އެ ދުވަހަށް ތައްޔާރު ވުމަށްޓަކައި އެރަށުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ.އެގޮތުން ރަށް ސާފުކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްއެބަދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!