އއ. އަތޮޅުގެ ހުޅަނގުން، ދިވެއްސަކު، ހަ ފޫޓުގެ ބިރުވެރި ވެނެއް ބާނައިފިއެވެ.
އއ. އުކުޅަހު މުހަންމަދު އަންވަރު ބާނާފައި ވަނީ 'ޑެގާޓޫތު ޕައިކް ކޮންގާ' ކިޔާ ވެނެކެވެ. ހަތް ފޫޓަށް ދިގުވާ މި މަސް އުޅެނީ ކަނޑުގެ އެންމެ ފުނުގައެވެ. ރާއްޖޭގެ ކަނޑުން މި ބާވަތުގެ ވެން މަދުން ބޭނުނަސް، އެހެން ބައެއް ގައުމުތަކުގައި މި ބާވަތުގެ ވެން އާއްމުކޮށް ބާނައެވެ.
އަންވަރު މި ވެން ބާނާފައި ވަނީ ކަނޑުގެ 270 މީޓަރު އަޑިނެވެ.
ސްޕޯޓްސް ފިޝިންއަށް ޝައުގުވެރިކަން ހުންނަ އަދި އެ މަސައްކަތް ކުރަމުންދާ އަންވަރު މީގެ ކުރިންވެސް ތަފާތު ބާވަތްބާވަތުގެ މަސް ބާނައެވެ. މީގެ ހަފްތާއެއް ކުރިންވެސް އަންވަރު ވަނީ ތަފާތު މަހެއް ބާނާފައެވެ.
ނަމަވެސް ތަފާތު ބާވަތެއްގެ މަހެއް ބޭނިއްޖެ ނަމަ، ފޮޓޯ ނެގުމަށްފަހު އަންވަރު އެ މަސް މޫދަށް ދޫކޮށްލަނީއެވެ. އަދި އެ މަހަކާ ބެހޭ އެކި މައުލޫމާތު އެއްކުރަނީއެވެ.