މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" -- ފޮޓޯ/ މެރިން އިކުއިޕްމަންޓްސް
މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" -- ފޮޓޯ/ މެރިން އިކުއިޕްމަންޓްސް

މެރިން އިކުއިޕްމަންޓްސްއިން ވިއްކާ 'ލައިފް ރާފްޓް' ގެ ސަރޓިފައިންގް އަދި އާފްޓަރ ސޭލް ސަރވިސް ފޯރުކޮށްދޭ އޭޖެންޓަކަށް އާކްސް

މެރިން އިކުއިޕްމެންޓްއިސް ވިއްކާ ކަނޑުމަތީގެ ސަލާމަތަށް ބޭނުންކުރާ ލައިފް ރާފްޓް ގެ ރަސްމީ ސަރޓިފައިންގް އޭޖެންޓް އަދި އާފްޓަރ ސޭލް ސަރވިސްގެ ޙިދުމަތްފޯރުކޮށްދޭ އޭޖެންޓްކަމަށް އާކްސް މެރިން ސަރވިސް ޕްރައިވެޓް ލިމިޓެޑް އާއެކު އެއްބަސްވެ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް ( އެމްއޯޔޫ ) އެއްގައި ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހު ސޮއިކުރެވުނު މި އެއްބަސްވުމުގައި، މެރިން އިކުއިޕްމެންޓްސް ގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ ޖެނެރަލް މެނޭޖަރ އަހުމަދު އުސާމްއެވެ. އަދި އާކްސް މެރިން ސާވިސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ކެޕްޓަން މުހައްމަދު ޝަރީފެވެ.
މި އެއްބަސްވުމުގެ ދަށުން، މެރިން އިކުއިޕްމަންޓްސްއިން ވިއްކަމުންދާ "ލައިފް ރާފްޓްސް"އަކީ ރައްކާތެރި، އަދި ސަލާމަތްތެރި އެއްޗެއްކަން ކަށަވަރު ކުރާނެއެވެ. އަދި ސަލާމަތީ މިންގަނޑުތައް ހިފަހައްޓާނެއެވެ.

މީގެ އިތުރުން، ސޮލަސް ރެގިއުލޭޝަންގެ ދަށުން، 'ލައިފް ރާފްޓްސް'ގެ އިންސްޕެކްޝަން ސެޓްފިކެޓްވެސް ދޫކުރާނެއެވެ.

މެރިން އިކުއިޕްމަންޓްސްގެ "ލައިފްރާފްޓްސް" އިން، މަސްވެރިންނަށް ކަނޑުމަތީގެ ހާދިސާތަކުގައި އެހީވެދޭނެ

ކަނޑުމަތީގެ ހާދިސާއެއް ހިނގުމުން ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވެދޭ މި ފްލޯޓިން ޑިވައިސްއަށް ލިބޭ އާފްޓަރ ސޭލް ސާވިސްގެ މަގުސަދަކީ، ކަނޑުމަތީގެ ސަލާމަތްތެރިކަން އިތުރު ކުރުމާއި ކަނޑުމަތީގައި ދިމާވާ، ފުރާނައަށް ނުރައްކާތެރި ހާދިސާތަކުގައި ސަލާމަތްކަން ހޯދާ އާލާތްތަކުގެ ކޮލިޓީ ރަނގަޅު ކުރުމުގެ އިތުރުން، 'ލައިފް ރާފްޓްސް'ގެ ކޮލިޓީ ރަނގަޅު ފެންވަރެއްގައި ހިފެހެއްޓުމެވެ.

ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ، އެންމެ މުހިންމު އެއް ވަސީލަތަކަށް ވާނީ އެވަގުތު ފުރާނަ ސަލާމަތް ކުރުމަށް ބޭނުންކުރާ އާލާތެކެވެ. އެގޮތުން މެރިން އިކުއިޕްމަންޓްސްއިން ލިބެން ހުންނަ "ލައިފް ރާފްޓްސް" އަކީ އެފަދަ ހާދިސާތައް ދިމާވުމުން، އެންމެ ބޭނުންވާނެ ސަލާމަތީ އެއް އާލާތެވެ.

އާކްސް އިން މައުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، މެރިން އިކުއިޕްމަންޓްސްއިން ވިއްކާ ލައިފް ރާފްޓްސް ސާވިސް ކުރުމުގެ ހިދުމަތް އާކްސް އިން ދޭނެއެވެ.

"މީގެން ކަސްޓަމަރުންނަށް އޮންނަ ފައިދާ އަކީ، އެ އެއްޗެއްސަކީ ކޮންމެ ދެ އަހަރަކުން އެއްފަހަރު ސާވިސް ކުރަން ޖެހޭ އެއްޗެއް. ކަސްޓަމަރުން އެ އެއްޗެހި ސާވިސްކުރަން ބޭރަށް ފޮނުވުމުގެ ބަދަލުގަ ރާއްޖެއިން އެ ހިދުމަތް ލިބޭނެ" އާކްސް އިން މައުލޫމާތު ދިނެވެ.

މީގެ ސަބަބުން އެތައް ވަގުތަކާއި ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމަށް އާކްސް އިން ބުނެއެވެ. އަދި ބޭރަށް ފޮނުވައިގެން ސާވިސް ކުރުމަށްވުރެ އަގުހެޔޮކޮށް އާކްސް އިން އެ މަސައްކަތް ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާކްސް ސާވިސް ސެންޓަރ: ވިލިމާލެ، ލައިޓް އިންޑަސްޓްރިއަލް އޭރިއާ، ބްލޮކް 56

މެރިން އިކުއިޕްމަންޓްސް ފިހާރަ: މާލޭ، ކަނބާ އައިސާރަނި ހިނގުން، ހިރިޔާ ސްކޫލު ކުރިމަތި

ހޮޓްލައިން: 3338820

ވައިބަރ: 7591957

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!