boat.1585891652

ދާ ޖަހައިގެން ކުދި މަސް ހިފި މަސް ބޯޓެއް 3000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ

އިންޑިއާގެ ޓްރިވެންޑުރަމްގެ މަސް ބޯޓެއް ދާ ޖަހައިގެން ކުދި މަސް ހިފާފައިވުމުން 3000 ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެއެވެ.

ކުދި މަސްތައް ހިފުމާއި ދެކޮޅަށް އިންޑިއާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދަނީ މަސް ބޯޓުތަކުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިފަދަ އިންސްޕެކްޝަނެއްގެ ދަށުން، މުނަމްބަމް ހާބަރުގައި ބަނދަރުކޮށްފައިވާ މަސް ބޯޓުތައް ވަނީ ޗެކްކޮށްފައެވެ. މި އިންސްޕެކްޝަންގައި ދާ ޖަހައިިގެން ހިފާފައިވާ ކުދިމަސް ބޯޓު އަތުލައިގަނެވިފައިވަނީ، ބޯޓުން މަސްތައް އައިސް ޕްލާންޓަކަށް ބޭލުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ބޯޓުންވަނީ 6000 ކިލޯގެ މަސް ފެނިފައެވެ. މީގެތެރެއިން ސައިޒުގެ ގޮތުން ބޮޑެތި މަސްތައް ނީލަމެއްގައި ވިއްކާލުމަށްފަހު ލިބުނު 850 ޑޮލަރުވަނީ ސަރުކާރަށް ނަގާފައެވެ. މި މަސްބޯޓުން މަސް ހިފުމުގައި ބޭނުންކުރާ ދާގަނޑުވެސް ގަވާއިދަށް ނުފެތެއެވެ.

ކެރެލާ ސްޓޭޓުގައި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންވެެ. އަދި ގަވާއިދާ ހިލާފު އަމަލުތައް ނުހިންގުމަށްވެސް މަސްވެރިންނަށް ދަނީ ނަސޭހަތްތެރި ވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!