މަސްދޯނި ފަހަރު
މަސްދޯނި ފަހަރު

މަސްވެރިކަމުގެ ތެރޭގައި އުޅެނިކޮށް ދޯނީގެ ބުރަފަތީގައި ޖެހި، މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެ

މަސްވެރިކަމުގެ ތެރޭގައި އުޅެނިކޮށް ދޯނީގެ ބުރަފަތީގައި ޖެހި، މީހަކު ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒަޚަމް ވެފައި ވަނީ، ގއ، ކަނޑުހުޅުދޫ، ދިލާސާ، މުޙައްމަދު ޝަފީޤް، 55 އަށެވެ.

"ގެލެރީ" ދޯނީގައި މަސައްކަތް ކުރާ ޝަފީޤް ޒަޚަމް ވީ، މިއަދު ހެނދުނު، ދޯނީގެ ބުރަފަތީގައި އޮޅިފައިވާ ވަލެއް ނަގަން އުޅުމުގެ ތެރޭގައެވެ. ޝަފީޤަށް މިހާރު ދަނީ ގދ. ގައްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އޮންލައިމް ނޫހަކަށް މައުލޫމާތު ދެއްވަމުން، ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ތޯރިގް އަފީފް ވިދާޅުވި ގޮތުގައި، އެ ހާދިސާގައި އނަިޔާވި ޝަފީޤަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އެގޮތުން އޭނާގެ ކޮޑުހުޅަށާއި ކަށިމައްޗަށް އަދި ކަކުލަށްވެސް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށް ތޯރިގް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!