
ގައްދޫ އައިސްޕްލާންޓަކީ، އަންނަ އަހަރުގެ ނިޔަލަށް ހުޅުވަން ފިޝަރީޒް މިނިސްޓްރީން މަސައްކަތް ކުރަމުންދާ 12 އައިސްޕްލާންޓްގެ ތެރޭގައި ހިމެނޭ އެއް އައިސްޕްލާންޓެޗެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި 12 އައިސްޕްލާންޓްގެ ތެރެއިން މ. މުލައް އައިސްޕްލާންޓާއި، ގއ. ގެމަނަފުށި ގދ. ގައްދޫ އައިސްޕްލާންޓަކީ 50 ޓަނުގެ އައިސްޕްލާންޓްތަކެއް ކަމަށާއި، ދެން ބާކީހުރި ހުރި އައިސްޕްލާންޓްތަކަކީވެސް 25 ޓަނުގެ އައިސްޕްލާންޓްތަކެއްކަމަށެވެ.
މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ބެހެއްޓުމަށް އައިސް އަކީ މުޙިއްމު އެއްޗެކެވެ. މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓުތައް ވަނީ ޤާއިމްކޮށްފައެވެ. އަދި ބައެއް އަމިއްލަ ފަރާތްތަކުންވެސް އައިސްޕްލާންޓުތައް ދަނީ ހިންގަމުންނެވެ.
މީގެއިތުރުން މަސްވެރިން އައިސް ޕްލާންޓުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ލޮނު ފެނުން މަސް ފިނިކުރާ ނިޒާމްތައް ދޯނިތަކުގައި ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ބައެއް މަސް ދޯނިތަކުގައި މި ނިޒާމު ވަނީ ޤާއިމްކޮށްފައެވެ.