އެމެރިކާގެ ބީޗަކުން ކުޑަކުދިންތަކަކަށް ނޫ އިއްސެއް ފެނިއްޖެ، މިއީ ވަރަށް މަދުން ފެންނަ ބާވަތެއް

dsfds

އާއްމުކޮށް ނުފެންނަ ބާވަތުގެ އިއްސެއް، އެމެރިކާގެ ބީޗަކުން، ކުޑަކުދިންތަކަކަށް ފެނިއްޖެއެވެ.

އެމެރިކާގެ ކޭޕް ކޯޑު ނޭޝަނަލް ސީޝޯއަށް ހިނގާލަން ނިކުމެ އުޅުނު 10 އަހަރުގެ އެލީނާ ބަޓާބޯހް އަދި އަށް އަހަރުގެ އެލިސްއަށް ފެނިފައިވަނީ ނޫ އިއްސެކެވެ.

ބީޗުން އިއްސެއް ފެނުމުން ކުދިންތައް ހަޅޭއްލަވަން ފެށީ 'ލޮބްސްޓަރ' އެއް ފެނިއްޖެކަމަށެވެ. މިއާއެކު އެކުދިންގެ މަންމަ އާއި ބައްޕަ ގޮސް ބެލިއިރު ފެނުނީ ނޫ އިއްސެކެވެ. މި އިހި މިއުޒިއަމްއަށް ގެންދިޔުމަށް އެ އާއިލާއިން މަސައްކަތްކުރިއެވެ. އެހެން ނަމަވެސް މިއުޒިއަމްއަށް ގެންދިޔުމަށް ކުރަންޖެހޭ ދަތުރުގެ ދިގުމިނާއި އެކު، އެ އާއިލާއިން ނިންމީ އޭތި ކަނޑަށް އަނބުރާ ދޫކޮށްލުމަށެވެ.

އެގޮތުން 20 މިނެޓުވަރު މަސައްކަތްކޮށްގެން ކަނޑުގެ ފުން ހިސާބަކަށް ވަނީ އޭތި ދޫކޮށްލާފައެވެ.

އިހީގެ ގައިގެ ކުލަ ނޫ ކުލައިގައި ހުންނަނީ ޖެނެޓިކް މިއުޓިލޭޝަނެއްގެ ސަބަބުންނެވެ. އެގޮތުން މިއީ ކްރަސްޓޭސިޔަނިން ޕްރޮޓީން އޭގެ ގައިގައި ގިނަ ވުމުން ވާ ގޮތެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ ޔުނިވަރސިޓީ އޮފް މެއިންގެ ކަމާއި ގުޅޭ މާހިރުން ހާމަކުރާގޮތުގައި މި ފަދަ އިއްސެއް ހިފުމަކީ ވަރަށް ނާދިރު ކަމެކެވެ. އެގޮތުން އެފަދަ އިއްސެއް ހިފޭނީ ދެ މިލިއަނުން އެއް ފަހަރު ކަމަށްވެސް ތަޖުރިބާ ކާރުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ