viber_image_2022-12-10_10-17-59-470

އަތޮޅު ފެންވަރުގައި ކުލަގަދަކޮށް މަސްވެރިންގެ ދުވަސް ފާހަގަކޮށް، މަސްވެރިންނަށް މައުލޫމާތު ދިނުމަށް ސާޖިން މާމެންދުއަށް!

އަތޮޅު ފެންވަރުގައި ކުލަގަދަކޮށް މަސްވެރިންގެ ދުވަސް ފާހަގަކޮށް، މަސްވެރިންނަށް މައުލޫމާތު ދިނުމަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ލ.މާމެންދުއަށް ގޮސްފިއެވެ.

ކައުންސިލްގެ ދައުވަތަކަށް ޒުވާން މަސްވެރިޔާ މާމެންދުއަށް ގޮސްފައި ވަނީ، ލ އަތޮޅުގައި، މިފަހަރު އަތޮޅު ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރި ވުމަށެވެ.

އެ އަތޮޅުގެ އަތޮޅު ކައުންސިލާއި މާމެންދޫ ކައުންސިލް ގުޅިގެން ބާއްވާ ހަރަކާތްތަކުގައި އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލާއި، ހުރިހާ ރަށެއްގެ މަސްވެރިން ބައިވެރިވެއެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލް މެމްބަރު ޔޫސުފް ޖަޒްލާން ވިދާޅުވީ، މިއަދު މާމެންދޫގައި ބޮޑު ޖަލްސާއެއް އޮންނާނެ ކަމަށެވެ. އަދި މިއަދާއި މާދަމާ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސާޖިން އެންމެ ބޮޑަށް މި ބޭނުން ކުރަނީ، ޖަލްސާގައާއި އަދި ޖަލްސާއަށް ފަހުގ ޒުވާނުންނަށް މަސްވެރިކަމާ ގުޅޭގޮތުން މައުލޫމާތުދީ، ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގައި، ޒުވާނުން އެކަމަށް ހިތްޖައްސަން ބާއްވާ މައުލޫމާތު ސެޝަންތަކަށް،" ޖަޒްލާން ވިދާޅުވިއެވެ.

މިއަދުގެ ހާއްސަ ޖަލްސާއަށް، ހެނދުނު އެރަށަށް ދިޔަ މެހެމާނުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މާމެންދޫގައި ކުރިއަށް ދިޔައީ، އެރަށު ސްކޫލްގެ ކީ ސްޓޭޖް 1،2،3 ދަރިވަރުން ހުށަހަޅާދިން ހަރަކާތްތަކެވެ. އޭގެ ފަހުގައި ޖަލްސާ ބޭއްވުމަށް ތާވަލް ކޮށްފައި ވާއިރު، ޖަލްސާއަށްފަހު، އެމްއެންޑީއެފްގެ ފަރާތުން މަސްވެރިންނަށް ރާޑަރ ސިސްޓަމްގެ މައުލޫމާތު ދިނުން އޮންނާނެ އެވެ. އޭގެ ފަހުގައި، ހޮރައިޒަން ފިޝަރީޒްގެ ފަރާތުން، ދޯނީތަކުގެ މަސް ފިނިކުރާ ނިޒާމާ ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނެ ކަމަށް ޒަޖްލާން ވިދާޅުވިއެވެ.

އެއަށްފަހު ޒުވާން މަސްވެރިޔާ، ޒުވާނުންނަށް މަސްވެރިކަމުގެ މައުލޫމާތު ދިނުން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެރަށުގައި ބޭއްވުނު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުން މާދަމާ އޮތްއިރު، މެޗުގެ ޝަރަފުވެރި މެހެމާނަކީ ޒުޗާން މަސްވެރިޔާ، ސާޖިންއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މުޅިން އަމިއްލަ އެދުމަށް އުޅޭ މީހެއް ތީ.