މިދިޔަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދުގެ އެވޯޑ،ު ގދ. މަޑަވެލީ ޓީއެސް ލައިން ދޯނިން ހޯދައިފިއެވެ.
ޓީއެސްލައިން ދޯންޏަށް ހަނދާނީ ފިލާ ލިބުނީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑާގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ.
ޓީއެސްލައިން ދޯނިން ވަނީ މިިދިޔަ އަހަރު ޖުމްލަ 1095.805 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައެވެ.
ޓީއެސް ލައިން ދޯނި ބަނދެ، މަސްވެރިކަމަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ދޯނި ބަނުމުގެ މައިގަނޑު މަގުސަދަކަށް ވީ، މަސްވެރިކަމުގެ ދާއިރާޔަށް ޒުވާނުން ޝައުގުވެރި ކުރުވުމެވެ.
ޓީއެސް ލައިންއަކީ މިދިޔަ އަހަރާއި މި އަހަރުވެސް ދޮށީގެ މަސްވެރިކަމުގައި ފާހަގަ ކޮށްލެވޭ ނަމެކެވެ.
އެގޮތުން އެ ދޯނިން ވަނީ ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ގާއިމު ކޮށްފައެވެ. ނަމަވެސް ފަހުން އެއަށްވުރެ ގިނައިން މަސް ބާނައި، މިހާރު އެރިކޯޑުވަނީ "ބާޚިރާ" ދޯނިން ގާއިމު ކޮށްފައެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅު، "ޓީއެސް ލައިން" ދޯނިން އިއްޔެ އެކަނިވެސް 45.9 ޓަނުމަސް ބޭނި!
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ކޫއްޑޫއަށް އެންމެ ގިނަ މަސް ކިރުވި ދުވަހު، ޓީއެއްލައިން ދޯނިން ވަނީ 49.9 ޓަނު ކޫއްޑޫއަށް ކިރުވިއިރު އެދުވަހު ދެވަނައަށް އެންމެ ގިނަ މަސް ކިރުވި ދޯނީގެ ޝަރަފު ހޯދާފައެވެ.