މިިދޔަ އަހަރު ބޮޑުކަންނެލީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި ދޯނީގެ އެވޯޑު، ބ. ތުޅާދޫ، "ހައިސަމް" ދޯނިން ހޯދައިފިއެވެ.
ހައިސަމް ދޯންޏަކީ، ދިވެހިރާއްޖެއިން އެކްސްޕޯރޓްކުރާ ފަރާތްތަކަށް އެންމެ ގިނަ އަދަދަކަށް ރީނދޫއުރަހަ ކަންނެލި ކިރުވާފައިވާ އެވޯޑު، 2019 ވަނަ އަހަރު ހާސިލު ކޮށްފައިވާ ދޯންޏެކެވެ.
އެ އަހަރު ހައިސަމް ދޯނިން ވަނީ 201 ޓަނުގެ މަސް ކިރުވާފައެވެ.

2007 ވަނަ އަހަރު މަސްވެރިކަމަށް ނެރެފައިވާ ހައިސަމް ދޯންޏަކީ ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑުކަންނެލީގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ކުޅަދާނަ ފަޅުވެރިންތަކެއް މަހަށް ފުރާ އުޅަނދެކެވެ. އަދި މިއުޅަނދަކީ ޒަމާނީ މަސްވެރިކަމުގެ ވަސީލަތްތަކާއެކު މަހަށްފުރާ އުޅަނދެއްކެވެ.